ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ، ތޮއިބާ މިސްކިތް ހުންނަ ސަރަހައްދުން ކަރަންޓް ކެނޑިއްޖެ

‏މާލޭގެ މާފަންނުގައި ހުންނަ ތޮއިބާ މިސްކިތް ހުންނަ ސަރަހައްދުން ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން ހުނީ އެ ސަރަހައްދުން ކަރަންޓް ކެނޑެން ދިމާވީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން ކަމަށެވެ.
އެކަން ދިމާވެ، ތޮއިބާ މިސްކިތް ހުންނަ ސަރަހައްދުން މިވަގުތު ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާއިރު، ކޭބަލަށް ދިމާވި މައްސަލަ ދެނަގަނެ ވީއެންމެ އަވަހަކަށް އެމައްސަލަ ހައްލުކޮށް، އަލުން ކަރަންޓުގެ ހިދުމަތް ދިނުމަށް ދަނީ މަސައްކަތް ކުރަމުންކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެކުންފުނިން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ