ދިރާގުޕޭއިން ދޭ 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް

ދިރާގު ފިންޓެކުން ކުރިއަށް ގެންދާ ދިރާގުޕޭ ޑައުންލޯޑުކޮށް ރަޖިސްޓަރީކޮށްގެން 50،000ރ. ހޯދުމުގެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.މި ޕްރޮމޯޝަންގެ ދަށުން ދިރާގުޕޭއަށް ރަޖިސްޓަރީކޮށްފައިވާ އަދި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް މި އަގުހުރި އިނާމު ލިބިގެންދާނެ އެވެ.މި ގޮތުން ދިވެހިރާއްޖޭގެ މޮބައިލް ނަންބަރެއް ގެންގުޅޭ ކޮންމެ ފަރާތަކަށް ވެސް ދިރާގުޕޭއަށް ރަޖިސްޓަރީކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.ދިރާގު ފިންޓެކް އިން ވަނީ ދާދިފަހުން 1 ރުފިޔާއަށް ކޮފީ ލިބޭ ޕްރޮމޯޝަނެއް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފަ އެވެ. މި ޕްރޮމޯޝަންއަށް ވަރަށް ގިނަ މީހުންގެ ތަރުހީބު ލިބުނުކަން ދިރާގުން ފާހަގަކުރެ އެވެ.މި ހާއްސަ ޕްރޮމޯޝަނަކީ، ދިރާގުން ބުނި ގޮތުގައި، ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.ދިރާގު ފިންޓެކުން ވަނީ ދާދި ފަހުން 1ރ.އަށް ކޮފީ ލިބޭ ޕްރޮމޯޝަނެއް ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފަ އެވެ. މިއީ ދިރާގުޕޭގެ މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށް ދިރާގުޕޭން ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ