މޫސުން ގޯސް، ށ އަތޮޅުން ވ އަތޮޅަށް ވައިޓް އެލާޓު

ށ އަތޮޅުން ފެށިގެން ވ އަތޮޅާހަމައަށް މޯލްޑިވްސް މީޓިއޮރޮލޮޖީ އިން ވައިޓު އެލާޓު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓުން ބުނީ، މި ސަރަހައްދުތަކަށް އެލާޓު ނެރެނީ ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ.
އެލާޓުގެ ވަގުތުގައި، ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށް ވެސް މެޓުން ލަފާ ކުރެއެވެ.
މި އެލާޓުގެ ވަގުތަކީ، މިއަދު ފަތިހު 5:50އިން ފެށިގެން 11:45 އާއި ހަމައަށެވެ.
މެޓުން މީގެ 23 ގަޑިއިރު ކުރިން ވަނީ، ހއ އަތޮޅުން ފެށިގެން އއ އަތޮޅަށް ވެސް ވައިޓު އެލާޓު ނެރެފައެވެ. މި އެލާޓު ނެރުނީ ބޯކޮށް ވާރޭ ވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށާއި، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ