ޗައިނާ އަކީ މުޙިއްމު ޤައުމެއް، ރާއްޖެއަށް ކުރިއެރުން ހޯދަން ގަދައަޅާ މަސައްކަތް ކުރާނަން - ނައިބު ރައީސް

ޗައިނާ އަކީ މުޙިއްމު ޤައުމެއް ކަމަށާއި، އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖެއަށް ކުރިއެރުމާއި، ތަރައްޤީ ހޯދަން ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ އޮތީ އިންޑިއަން އޯޝަން ސަރަހައްދާއެކު ވަރުގަދަ ގުޅުންތަކެއް އުފެއްދުމާއި، ތަޖުރިބާ ހިއްސާކުރުމާއި، އަދި ތަނަވަސް އިންޑިއަން އޯޝަން ރީޖަނަކަށް އަތުގުޅާލައިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.\
އެމަނިކުފާނު މިހެން ވިދާޅުވީ ‘ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން’ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިއީ ޗައިނާ އާއި އިންޑިއަން އޯޝަން ރީޖަންގެ ގައުމުތައް ގުޅިގެން ހިންގާ ހައި ލެވެލް އޮފިޝަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ދެވަނަ ބައްދަލުވުމެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި 2011 ވަނަ އަހަރު އެލްޑީސީގެ ލިސްޓުން ކާމިޔާބީ ހާސިލްކުރި ފަހުން ރާއްޖޭން ވަނީ މި ސަރަހައްދުގައި ސުލްހަވެރިކަމާއެކު އެއްބައިވެގެން އުޅެވޭނެ ގޮތާއި ތަނަވަސްކަން ހޯދުމަށް މަސައްކަތްކޮށްފައެވެ. އަދި އާންމު ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި މަޝްވަރާއާއި އެއްބާރުލުމާއި ސުލްހަވެރިކަމާއެކު އެއްތަނެއްގައި ދިރިއުޅުމާއި ގާތް ގުޅުމެއް އުފެއްދުމަށް ރާއްޖޭން މެދުނުކެނޑި ފަހިކޮށްދީފައިވާ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ފަހުގެ ތަރައްގީއަށް ޗައިނާއަކީ ވަރަށް މުހިންމު ގައުމެއް ކަމަށާއި އިޖުތިމާއީ ތަރައްގީއާއި ސުލްހައާއި ތަނަވަސްކަން ކުރިއެރުވުމުގެ މަގުސަދުގައި ދެގައުމުންވެސް ގަދައަލާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދާދިފަހުން ގެނެވުނު މި ސަރުކާރުން ދެފަރާތުގެ އިޙްތިރާމާއި އެއް ލަނޑުދަނޑިތަކުގެ ބިންގަލުގެ މައްޗަށް ބިނާވެފައިވާ، ޗައިނާއާއި ރާއްޖެއާއި ދެމެދު ޒަމާނުއްސުރެ އޮތް ގުޅުން ވަރުގަދަ ކުރުމަށް އިސްކަމެއް ދޭނެކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ޗައިނާއާއި ގުޅިގެން އެއްބާރުލުން ދިނުމުގެ އާ މަގުތައް ހޯދުމަށް ޝައުގުވެރިކަން އެބަހުރިކަމަށެވެ.
ދެ ގައުމަށް ވެސް ޙަރަކާތްތެރި ފައިދާތަކެއް ގެނެސްދޭ ޑައިނަމިކް ޕާޓްނަޝިޕެއް އުފެއްދުމަށް ދެ ގައުމުންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ކަނޑުގެ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމާއި އައްސޭރިފަށުގެ ގިރުމުގެ ބޮޑެތި އަސަރުތައް ރާއްޖެއަށްއަށް ވިސްނޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ނައިބު ރައިސް ވިދާޅުވީ މިއީ ދިވެހިންގެ ދިރިއުޅުމާއި ގުޅުންހުރި ކަންތައްތަކެއް ކަމަށާއި ގައުމު ބަރޯސާވެފައިވަނީ ކަނޑުގެ ވަސީލަތްތަކާއި އިގްތިސާދަށް ކަމަށެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތްތައް ވެސް ގުޅިފައިވަނީ ކަނޑާއިކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ