މެމްބަރު ޣަފޫރު އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ބަދަލެއް ނުވޭ!

ހަނިމާދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ޣަފޫރު މޫސާ އެމްޑީޕީ ދޫކުރައްވައި، ޕީއެންސީއަށް ބަދަލުވެވަޑައިގެންފައި ވާކަމަށް ބުނެ، ފަތުރަމުންދާ ވާހަކައަކީ ހަގީގަތެއްނެތް ދޮގު ވާހަކައެއްކަމަށް ހާމަވެއްޖެއެވެ.
ޣަފޫރު އެމްޑީޕީ ދޫކުރައްވައި ޕީއެންސީއަށް ބަދަލުވެވަޑައިގަތްކަމުގެ ވާހަކަ ފަތުރަމުން ދިޔައީ މީސްމީޑިއާ މެދުވެރިކޮށްކަމަށްވާއިރު ޣަފޫރު ވަނީ މީޑިއާތަކުގައި އެއީ ދޮގު ހަބަރެއް ކަމަށް ކަށަވަރުކޮށްދެއްވާފައެވެ.
ޣަފޫރު އެމްޑީޕީ ދޫކުރައްވާ ޕީއެންސީއަށް ބަދަލުވެވަޑައިގަނެފައިވާކަމުގެ ދޮގު ހަބަރު ފަތުރާފައި މިވަނީ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނަށް ބޮޑެތި އޮފާތަކެއްދީގެން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ބަދަލުކުރަމުންދާކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ