އަދާލަތުގެ ހިސާބު ޖެހުން: ވޯޓު ދިނުމުގައި ރައްޔިތުން ދީނީ ކަންކަމަށް ނުބަލާ!

ރައްޔިތުން ވޯޓު ދިނުމުގައި ބަލާކަންކަން ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަލީ ނަޒީރު ކިޔާދެއްވައިފިއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްބައިއަޅާ ބަހާ އުސޫލުން ސިޔާސީ ބޮޑުންގެ މެދުގައި މިހާރު ވޯޓު ބަހައެއްނުލެވޭކަމަށެވެ. އަދި ރައްޔިތުން ވޯޓު ދޮނުމުގައި މިހާރު ބަލާ ކަންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އޭނާ ވިދާޅުވިގޮތުގައި މިހާރު ހުންނަނީ އަޑުގަދަ ގެދަބުޅި އިންޖީނުގެ އާވެ ރީތިވީމާ ދޭ ވޯޓާއި ނަޖިސްފެނުން ސާފުފެނަށް ބަދަލުވީމާ ދޭ ވޯޓާއި ޗަކަމަގު ތާރުމަގަށް ބަދަލުވީމާ ދޭ ވޯޓާއި ބޯހިޔާވަހިކަމާއި ބަނދަރަށް ދޭ ވޯޓާއި އެއަރޕޯޓަށް ދޭ ވޯޓެވެ.
އަލީ ނަޒީރު މި ޓްވީޓު ކުރައްވާފައިވަނީ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ފަރެސްމާތިޑާ އެއާޕޯޓު ހުޅުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަނިކޮށް ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކުރައްވަމުންނެވެ.
ރައީސް އިބްރާހީމަށް ތައުރީފްކުރަވަމުން އޭނާ ކުރެއްވި ޓްވީޓުގައި ވޯޓު ދިނުމުގައި ރައްޔިތުން ބަލާ ކަންކަމުގެ ތެރޭގައި ދީނުގެ ވާހަކަ ފާހަގަކުރައްވާފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު އޭނާއަށް ވަނީ ފާޑު ކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ