އުމަރު، "އިލްމުވެރީންގެ ގުޅުމު"ގެ މެންބަރުންނާއި މަޝްވަރާކުރައްވައިފި

ބައްދަލްވުމުގައި ނުވަ އިލްމުވެރިއަކު ބައިވެރިވެވަޑައިގެންނެވި އެވެ. ދެ ގަޑިއިރާއި ތިރީސް މިނެޓަށް ކުރިއަށް ދިޔަ ބައްދަލްވުމުގެ ތަފްސީިލެއް ނުދެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، "އިލްމުވެރީންގެ ގުޅުމު" ގެ މެންބަރުންނާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.
"އިލްމުވެރީންގެ ގުޅުން" އެއީ ރާއްޖޭގެ 109 އިލްމުވެރިއަކު ބައިވެރިވާ ހަރަކާތެކެވެ. އެ ހަރަކާތުން ބުނި ގޮތުގައި ރޭ އޮތް ބައްދަލްވުމަކީ އުމަރު ނަސީރުގެ އެދިވަޑައިގަތުމަކަށް ބޭއްވެވި ބައްދަލްވުމެކެވެ. އުމަރުގެ ދައުލަތު އެ ހަރަކާތަށް ލިބުމާއެކު އިލްމުވެރީންގެ މެދުގައި ވޯޓެއް ވަނީ ނަގާފައެވެ. އެއީ އެ ބައްދަލްވުން ބޭއްވުމަށް ފެނޭތޯ ބެލުމަށެވެ.އުމަރާއި ބައްދަލު ކުރައްވަން ފެންނަ ކަމަށް 68 އިލްމުވެރިއަކު ވޯޓް ދެއްވިއެވެ. ދެކޮޅަށް އެއްވެސް ބޭފުޅަކު ވޯޓެއް ނުދެއްވައެވެ.ބައްދަލްވުމުގެ ބައެއް ފޮޓޯތަކާއި އިލްމުވެރީންގެ މެދުގައި ނެގުނު ވޯޓްގެ ތަފްސީލް ފެންނާހެން އެ ހަރަކާތުން ވަނީ އުމަރާ ރޭ ބައްދަލްކުރައްވާފައިވާކަން ހާމަކޮށްފައެވެ. ބައްދަލްވުމުގައި ނުވަ އިލްމުވެރިއަކު ބައިވެރިވެވަޑައިގެންނެވި އެވެ. ދެ ގަޑިއިރާއި ތިރީސް މިނެޓަށް ކުރިއަށް ދިޔަ ބައްދަލްވުމުގެ ތަފްސީިލެއް ނުދެއެވެ.ނަަމަވެސް ބައްދަލްވުމުގައި މަޝްވަރާ ކުރެވުނީ 2023 ގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ކަމަށް އިލްމުވެރީންގެ ގުޅުމުން ބުންޏެވެ.
އިސްލާމީ ވެރިކަމެއް ކުރެއްވުމުގެ ވައުދާއެކު އުމަރު ކެމްޕެއިން ފައްޓަވާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުގެ ރެ އެވެ. އުމަރު އެ ރޭ ވިދާޅުވި ގޮތުގައި ބޮޑު 50 ބަދަލެއް ރާއްޖެއަށް ގެންނަވާނެ އެވެ. މައިގަނޑު އެންމެ ބޮޑު ބަދަލަކީ ރާއްޖެއަކީ ފުރިހަމަ އިސްލާމީ ވެރިކަމެއް ހިނގާ ގައުމަކަށް ބަދަލު ކުރުމެވެ.އަދި ގާނޫނީ ހުކޫމަތު ހިނގާ ގައުމެއްކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އުމަރު ވިދާޅުވި ގޮތުގައި މީހުން މަރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އަދި ރޭޕް ކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ހުކުމް ތަންފީޒު ކުރައްވާނެ އެވެ. ރާއްޖެ، ފުރިހަމަ އިސްލާމީ ވެރިކަމެއް ހިނގާ ގައުމަކަށް ބަދަލު ކުރުމަށް ކުރާ މަސައްކަތަށް ވަރަށް ގިނަ ގޮތްގޮތުން ގޮންޖެހުންތައް ކުރިމަވާނެކަން އެނގިވަޑައިގަންނަވާ ކަމަށާ ނަމަވެސް އެއްވެސް ކަމަކަށް ފަސްޖެހި ވަޑައިނުގަން ނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ."ދިވެހި ދައުލަތް ހިންގާނީ އިސްލާމީ ވެރިއެއް. އޭނާ ދޮގެއް ނުހަދާނެ. އޭނަ ރަލެއް ނުބޯނެ. އޭނަ ވައްކަމެއް ނުކުރާނެ. އޭނަ ޝަހުވަތުގެ ފަހަތުން ނުދުވާނެ. އޭނަ އަދުލްވެރިވާނެ. އެންމެނާ މެދުގައި ހަމަހަމަކަން ގެންގުޅޭނެ. އެކަމަކު ހައްގަށް މަސައްކަތް ކުރުމުގައާ ފިޔަވަޅު އެޅުމުގައި ފަހަތަކަށްވެސް ނުޖެހޭނެ. ﷲ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އެ ސިފަތައް އަޅުގަނޑުގެ ކިބައިން ދައްކާނަން،" އުމަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ލިބިވަޑައިގެންފިނަމަ އިސްލާމީ ޝަރީއަތް ތަންފީޒު ކުރައްވާނެ ކަމަށް އުމަރު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވުވަމުންނެވެ. މީގެ 14 އަހަރު ކުރީން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ހިސާބުން ފެށިގެން އުމަރު ގެންދަވަނީ އެ ވައުދު ތަކުރާރު ކުރައްވަމުންނެވެ. އެ ވާހަކަތަކަށް އެއްވެސް ބަދަލެއް ނުގެންނަވާ ސާބިތުކަމާއެކު އެ ވާހަކަތައް ވިދާޅުވެއެވެ. އުމަރު ނޫން އެއްވެސް ސިޔާސީ ލީޑަރަކު އިސްލާމީ ޝަރީއަތުގެވާ ހުރިހާ ހުކުމްތައް ތަންފީޒު ކުރައްވާނެ ކަމަކަށް ވިދާޅެއް ނުވެއެވެ. އިސްލާމީ ޝަރީއަތުގައިވާ ބައެއް ހުކުމްތައް ތަންފީޒު ކުރުމާއި ދެކޮޅަށް ޔަހޫދީ ހުޅަނގުން ގެންދަނީ ވަރަށް ބޮޑަށް އަޑުއުފުލާ އެކި ނުފޫޒުތައް ބޭނުން ކޮށްގެން ހުކުމް ތަންފީޒު ކުރުން ހުއްޓުވަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ