ޔޫގަންޑާގައި އެއްޖިންސުން ގުޅުންހިންގާ މީހުން 10 އަހަރަށް ޖަލަށްލާ ގޮތަށް ބިލެއް ފާސްކޮށްފި

ޔޫގަންޑާގައި
އެއްޖިންސުން ގުޅުންހިންގާ މީހުންނަށް 10 އަހަރުގެ ޖަލު ޙުކުމެއް އިއްވާގޮތަށް
އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކޮށްފިއެވެ.
އެއްޖިންސުން ގުޅުން
ހިންގާމީހުންނާއި ދެކޮޅަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި މިބިލް
ފާސްކުރުމަށް ފަހު އެމަޖިލީހުގެ މެމްބަރުން ވަނީ އުފާ ފާޅުކުރުމުގެ ގޮތުން އަޑު
ހަރުކޮށް ލަވަކިޔައި ހަދައިފައެވެ.
ޔޫގެންޑާގައި
އެއްޖިންސުން ކުރެވޭ ކައިވެނި ވަނީ މަނާކުރެވިފައެވެ. އަދި މިހާރު ފާސް މުކުރެވުނު
ބިލާއި އެކު އެއްޖިންސުން ގުޅުން ހިންގާ ކަން ސާބިތުވާ ފަރާތްތަކަށް 10 އަހަރުގެ
ޖަލު ހުކުމެއް އިއްވޭނެއެވެ.
Advertisement
ޤާނޫނު ހަދާ
މަޖިލީހުގައި މި ބިލް ފާސްކުރުމަށް ވޯޓަށް އެހުމުން އެބިލާއި އެއްކޮޅަށް ވަނީ
ރެކޯޑު ޢަދަދަކަށް ވޯޓު ލިބިފައި ކަމަށް ޔޫގެންޑާގެ ޤާނޫނު ހަދާ މަޖިލީހުގެ
ސްޕީކަރ އަނީތާ އަންނެޓް ވަނީ ބުނެފައެވެ.
ބިލް ފާސްކުރުމަށް ފަހު
މަޖިލީހުގައި ވާހަކަ ދައްކަމުން އެމަޖިލީހުގެ މެމްބަރަކު ބުނެފައިވަނީ
ޔޫގަންޑާގައި އެފަދަ ޢަމަލުތަކަށް ޖާގަ ނުދޭނެ ކަމަށެވެ. އަދި މިބިލް ފާސް މިކުރަނީ
ޔޫގަންޑާގެ ކުދިންނާއި އެކުދިންގެ ކުދިންނަށް ޓަކައި ކަމަށެވެ. އަދި އެޤައުމުގައި
ހިފައްޓާ އަޚްލާޤީ މިންގަނޑު އެޤައުމުގައި ހިފަހައްޓާނެ ކަމަށާއި އަދި އެޤައުމުގެ
ކުޑަކުދިން ރައްކާތެރި ކުރާނެ ކަމަށެވެ.
އެއްޖިންސުން ގުޅުން
ހިންގާ މީހުންގެ ހައްޤުގައި ވަކާލާތު ކުރާ ފަރާތްތަކުން ދަނީ ޔޫގަންޑާގެ ޤާނޫނު
ހަދާ މަޖިލީހުގެ މި ނިންމުނާއި މެދު ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ