ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު ޢަލީ ހަމީދު ވެރިކަން ކުރާ އެމްޑީޕީއަށް ސޮއި ކުރައްވައިފިއެވެ.
އަލީ ހަމީދު އެމްޑީޕީ އަށް ސޮއި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހާޒިރުގައި މުލިއާގޭގައެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން ސީނިއާ ބައެއް މެންބަރުން ބައިވެރިވިއެވެ. މެމްބަރެއްގެ ގޮތުގައި ހުންނެވި ޢަލީ ހަމީދު އެމްޑީޕީއަށް ސޮއި ކުރެއްވިއިރު، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން، އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ ނިންމަވައިފައެވެ.
ޤާސިމްގެ މި ނިންމެވުމާއެކު، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ، ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަމުންނެވެ.
ޖޭޕީގެ މެމްބަރު ޢަލީ ހަމީދު އެމްޑީޕީއަށް ސޮއި ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ