ވައުދު ފުއްދުމުގައި ޖޭޕީގެ ރޯލެއް ނެތް، ސަރުކާރު އެކުލަވާލަންވީމައި ޖޭޕީ ވަރެއް ނެތް: ގާސިމް

ސަރުކާރުން ވައުދު ފުއްދަމުން ދާއިރު ޖުމުހޫރީ ޕާޓިގެ ރޯލެއް އޮންނަކަމަކަށް ނުދެކޭކަމަށާއި ނަމަވެސް ސަރުކާރު އެކުލަވާލަންވީމައި އެ ޕާޓީ ވަރެއް ނޯންކަމަށް ޖުމުހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވީ ޖޭޕީގެ ހަތަރު ވަނަ ކޮންގްރެސް ފެށުމަށް މިއަދު ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ގިނަ ކަންތައްތަކެއްގައި ޖޭޕީން ޝާމިލްވަމުން އަންނަކަމަށާއި ނަމަވެސް ސަރުކާރު އެކުލަވާލުމަށްފަހު ސަރުކާރުން ހާސިލްކުރާ ރަނގަޅު ކަންކަން ޖުމުހޫރީ ޕާޓީއަށް ނިސްބަތްކުރުމަށް ބައެއް ފަރާތްތަކުން ޖެހިލުންވާކަމަށެވެ.
ގާސިމް ވިދާޅުވީ ސަރުކާރުން ވައުދު ފުއްދަމުން ދާއިރު ޖުމުހޫރީ ޕާޓީގެ ރޯލެއް އޮންނަކަމަކަށް ނުދެކޭކަމަށާއި ނަމަވެސް ސަރުކާރު އެކުލަވާލަންވީމައި ޖޭޕީ ވަރެއް ނޯންކަމަށެވެ.
"ސަރުކާރުން ވައުދު ފުއްދަމުން ދާއިރު ކޯލިޝަން ޕާޓުނަރުގެ ރޯލެއް އޮންނަކަމަކަށް ނުދެކޭ، އެކަމަކު ސަރުކާރު އެކުލަވާލަންވީމައި ޖޭޕީ ވަރެއް ނޯންކަމަށް ބައެއް ބޭފުޅުން ދެކޭ" ގާސިމް ވިދާޅުވިއެވެ.
މިއަދު ކުރިއަށް ގެންދިޔަ ޖޭޕީގެ ކޮންގްރެސްގައި ގާސިމު ވިދާޅުވީ މި ސަރުކާރުން ޖޭޕީގެ މެންބަރުން ކުރާ މަސައްކަތްޕުޅުން ނެރެވޭ ނަތީޖާގެ ކްރެޑިޓް ނަގާކަމަށާއި އަދި ސަރުކާރުން ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަމެއްވެސް އެހެން ޕާޓީއެއް ނުވަތަ ބައެއްގެ ބޮލަށް ޖަހާކަމަށް ވިދާޅުވެފައެވެ.
"ނެރެވޭ ނަތީޖާގައި ޖޭޕީގެ ބައިވެރިވުން އޮންނަކަމަކަށް ނުވޭ، ދޭ އެހީތެރިކަމެއްވެސް އޮންނަކަމަކަށް ނުވޭ، މިކަންކަން ދަނީ ކަނދި ކަމަނާގެ މަސްތެލުލުމަށް. މަސްކޮޅު މީރިއްޔާ އެއީ ކަނދިކަމަނާގެ މޮޅުކަން، ރަހަ ގޯސްވެއްޖެއްޔާ އެއީ އެހެން ކޮންމެސް މީހެއްގެ މައްސަލައެއް" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ