ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ %30 މީހުން މިހާތަނަށް ފުރިހަމަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި އާންމުކޮށް ހުޅުވާލައިގެން ބޫސްޓާ ޑޯޒް ޖަހަން ފެށީ މިދިޔަ މަހުގެ 15ގަ އެވެ. އެގޮތުން:
ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިން
އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ބޫސްޓާ ޑޯޒް ޖަހައިދޭ
ބޫސްޓާ ޑޯޒް ޖަހައިދެނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ ހަ މަސް ވެފައިވާ މީހުންނަށް
ތަފްސީލް - ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިން ވެކްސިން ޖަހާފައިވާ މިންވަރު އަންގައިދޭ ތަފާސްހިސާބުތައް ޓޫރިޒަމް މިނިސްޓްރީން މިއަދު ހިއްސާކޮށްފައި ވާއިރު، އެ ހިސާބުތަކުން ދައްކާ ގޮތުގައި:
ބޫސްޓާ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދަކީ 14،055
ބޫސްޓާ ޑޯޒް ޖަހަން ޖެހޭ އިތުރު 32،867 މީހުން އެބަތިބި
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދަކީ 45540؛ އެއީ ވެކްސިން ޖަހަން ޖެހޭ މީހުންގެ %97
މި ދާއިރާގެ މަސައްކަތްތެރިންގެ %99 ވެކްސިންގެ އެއް ޑޯޒް ޖަހާފައިވޭ
އެނގުން މުހިއްމު - ރާއްޖޭގައި 163 ރިސޯޓު ހިންގާ އިރު، ޖުމްލަ މުވައްޒަފުންގެ އަދަދަކީ 46،922 ކަމަށެވެ.
ރިސޯޓުތައް މެދުވެރިކޮށް މުވައްޒަފުންނަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ.
ގުޅުންހުރި ކަމެއް - އެޗްޕީއޭ އިން ރޭ އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި ބޫސްޓާ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ އަކީ 98،014 އެވެ.
ބޫސްޓާ ޑޯޒް ޖެހީ ޓޫރިޒަމް ދާއިރާގެ %30 މީހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ