ޝަރުއީ ދާއިރާގެ މުވައްޒަފުން ތަމްރީން ކުރަން އެކަޑަމީއެއް އުފައްދައިފި

ޝަރުއީ ދާއިރާގެ މުވައްޒަފުން ތަމްރީން ކުރުމަށް ޖުޑީޝަލް އެކަޑަމީއެއް ގާއިމް ކުރުމަށް ސުޕްރީމް ކޯޓުގެ ގަރާރަކުން މިއަދު ނިންމައިފި އެވެ.
އެކަން ނިންމިކަން އިއުލާން ކުރަމުން އެ ކޯޓުން މިއަދު ބުނީ، އިންސާފުވެރި ޝަރުއީ ދާއިރާއެއް އުފެއްދުމަށް ޓަކައި ޕްރޮފެޝަނަލް ގޮތުގައި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ކޯޓުގެ މުވައްޒަފުންނަށް ދާއިމީ ގޮތެއްގައި ދެވޭ "ކޮންޓިނުއިން ޖުޑީޝަލް އެޑިޔުކޭޝަން" ނިޒާމަކުން ކަމަށެވެ. އެހެން ކަމުން ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން، އެ މަގުސަދު ހާސިލް ކުރުމަށް ޓަކައި، އިޚްތިޔާރުކުރެވޭ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް އެކަޑަމީއެއް އުފެއްދީ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
ސުޕްރީމް ކޯޓުން ބުނީ، އެ އެކަޑަމީގެ ބޭނުމަކީ އެއްވެސް ތަފާތުކުރުމަކާނުލައި، އެކަށީގެންވާ އަވަސް މިނެއްގައި ފަސޭހަކަމާއެކު އިންސާފު ހޯދައިދިނުމަށް މަގުފަހި ކުރުން ކަމަށެވެ. އަދި އެންމެހާ ފަރާތްތަކަށް އިންސާފު ލިބުނުކަން ކަށަވަރު ކުރުމަށް އެފަދަ އެކަޑަމީއެއް މުހިންމު ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ