ވ. ފުލިދޫގައި މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން މަސައްކަތްކުރި މީހަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ވ. ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހަކު ހާލު ދެރަވެގެން އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 15:10 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމީހާއަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށާއި އެއީ 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން މަސައްކަތްކުރި މީހަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ