ބީއެމްއެލް އިން 70 ޑޮލަރު އޭޓީއެމްއާއެކު ޖުމްލަ 90 އޭޓީއެމް އިފްތިތާހުކޮށްފި

ބީއެމްއެލް އިން 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓީއެމް މިރޭ އިފްތިތާހުކޮށްފިއެވެ.
ވީ ކިހިނެއް؟ - ބާސެލޯ ނަސަންދުރަ ގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އޭޓީއެމްރައް އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒުއެވެ. 
ތަފްސީލް - މިރޭ އިފްތިތާހުކުރި 20 ރުފިޔާ އޭޓީއެމް ބަހައްޓާފައި ވަނީ ބޭންކުގެ ބްރާންޗުތައް މިހާރުވެސް ހިންގަމުން އަންނަ ރަށްރަށުގައެވެ.
70 ރަށެއްގައި ބެހެއްޓި ޑޮލަރު އޭޓީއެމްތަކުގެ ތެރޭ ހިމެނެނީ
ހއ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
 ހދ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
ށ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
ނ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
 ރ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް
ބ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
ޅ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
ކ. އަތޮޅުގައި 10 ޑޮލަރު އޭޓީއެމް
އއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
 އދ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް
ވ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
މ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
 ފ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
 ދ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
ތ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
ލ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
ގއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
 ގދ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
ޏ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
 ސ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
ބީއެމްއެލް އިން ބުނީ އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފަސޭހައިން ވާސިލުވެވޭނެ ހިދުމަތެއް ފޯރުކޮށްފިނުމަށް ކަމަށެވެ.
2025 ވަނަ އަހަރު ބޭންކުން ވަނީ "މުޅި ރާއްޖޭއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެހިދުމަތް ގާއިމުކޮށްފައި
މިރޭ އިފްތިތާހުކުރި އާ އޭޓީއެމްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ބީއެމްއެމްގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާވެ، ޖުމްލަ އޭޓީއެމްތަކުގެ އަދަދު 338 އަށް ވަނީ އަރާފައި
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިރޭ ވިދާޅުވީ މިއީ މިހާތަނަށް، ކޭޝް ރިސައިކްލިން ކުރެވޭ (ފައިސާ ޖަމާކޮށް، ނެގޭ) އެންމެ ގިނަ އަދަދެއްގެ އޭޓީއެމް، ސިންކްރޮނައިޒްކޮށް އެއް ވަގުތެއްގައި ހިދުމަތް ދޭން ފެށޭ ފުރަތަމަ ފަހަރު ކަމަށެވެ.
" އާދެ! މިއީ ރެކޯޑެއް. އަޅުގަނޑުމެން ހޯދި ހޯދުމުން، މިގޮތަށް ސިންކްރޮނައިޒްކޮށް، ދުނިޔޭގައި މިހާތަނަށް، މިއަދަދުގެ ކޭޝް ރީސައިކްލިން އޭޓީއެމްގެ ހިދުމަތް، އެއްފަހަރާ ފަށާފައިވާކަން ފެންނާކަށް ނެތް." ޝަރީފު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު މުޅި އޭޓީއެމް ނެޓްވޯކަށް މިދިޔަ އަހަރު 17.1 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިއަން މުއާމަލާތްކޮށްފައިވާކަމަށް ބީއެމްއެލް އިން ބުންޏެވެ.
މީގެ އިތުރުން މިރޭ ބީއެމްއެލް އިން ވަނީ 6 ބްރާންޗްގެ ހިދުމަތް ވެސް އިފްތިތާހުކޮށްްފަ އެވެ.
އާ ބްރާންޗްތައް ހުޅުވި ރަށްރަށަކީ
 ހދ. ހަނިމާދޫ
އއ. ތޮއްޑޫ
ތ. ވިލުފުށި
ސ. ހުޅުދޫ
ސ.ހިތަދޫ
ހދ. ކުޅުދުއްފުށި
މިރޭ ހުޅުވި ބްރާންޗުތަކުގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށި ބްރާންޗަކީ ވިޔަފާރިތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ބިޒްނަސް ސެންޓަރެކެވެ. މާދަމާއިން ފެށިގެން މި ބްރާންޗްތަކުން ހިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ