ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ހއ. ތަކަންދޫ އާއި ހއ. މުރައިދޫއަށް މުޅި އައު ދެ ޖެންސެޓް ގެންގޮސްފި އެވެ.
ފެނަކައިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މުޅިން އައު ދެ ޖެނެރޭޓަރު ގެނެސްފައިވާ ކަމަށެވެ. އެއީ 250 ކިލޯވޯޓުގެ ދެ ޖެންސެޓެވެ. މި ޖެންސެޓްތައް ތަކަންދޫ އާއި މުރައިދޫއަށް ވަނީ ފޮނުވާފަ އެވެ.
ފެނަކައިން ބުނީ މި ދެ ޖެންސެޓް، މި މަހުގެ 22 ވަނަ ދުވަހު އެ ރަށްރަށަށް ގެންދެވި މިހާރު ދަނީ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މަސް ނިމުމުގެ ކުރިން އިންސްޓޯލްކޮށް ނިންމާ، ހިދުމަތަށް ގެނައުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުން ކަމަށެވެ.
މުރައިދޫގައި މި ޖެންސެޓް އިންސްޓޯލް ކުރެވުމުން، އެރަށުގެ އިންސްޓޯލް ކެޕޭސިޓީ 620 ކިލޯވޯޓުން 750 ކިލޯވޯޓަށް އަދި އެވެއިލަބަލް ކެޕޭސިޓީ 375 ކިލޯވޯޓުން 490 ކިލޯވޯޓަށް އިތުރުކުރެވޭނެ އެވެ. އަދި ހއ. ތަކަންދޫގައި އިންސްޓޯލް ކެޕޭސިޓީ 480 ކިލޯވޯޓުން 650 ކިލޯވޯޓަށް އަދި އެވެއިލަބަލް ކެޕޭސިޓީ 310 ކިލޯވޯޓުން 450 ކިލޯވޯޓުން އިތުރުކުރެވޭނެ އެވެ.
މި ޖެންސެޓްތައް އިންސްޓޯލްކޮށް ހިދުމަތަށް ބޭނުން ކުރަން ފެށުމުން، މި ހަތަރު ރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ އެވެ.
ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ތަކަންދޫއާ މުރައިދޫއަށް އައު ޖެންސެޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ