އެތެރޭގެ ބާޒާރާއި ބޭރުގެ ބާޒާރަށް ވިއްކާފައިވާ ސެކިއުރިޓީތަކުގެ އައުޓްސްޓޭންޑިން 100 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން އާންމުކޮށްފައިވާ ގަވަމަންޓް ސެކިއުރިޓީސް އައުޓްސްޓޭންޑިންގެ އެންމެ އަދާހަމަ މައުލޫމާތުން ދައްކާ ގޮތުގައި ޖެނުއަރީ މަސް ނިމުނުއިރު މި ދަރަނި ވަނީ 100.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
މި ދަރަނީގެ 90 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް އެއީ އެތެރޭގެ ބާޒާރަށް ވިއްކާފައިވާ ޓީބިލުތަކާއި ބޮންޑުތަކާއި އިސްލާމިކް އިންސްޓްރޫމަންޓުތަކަށް ދައްކަން ޖެހޭ ފައިސާ އެވެ. އެ އަދަދު މިހާރު ހުރީ 91.1 ބިލިއަން ރުފިޔާގަ އެވެ.
ބޭރުގެ ސެކިއުރިޓީސް ދަރަނީގައި ހިމެނެނީ މި ފަހުން ރޯލްއޯވާ ކުރި އަބޫ ދާބީ ފަންޑުގެ 100 މިލިއަން ޑޮލަރުގެ ބޮންޑާއި އޭޕްރިލްގައި ދައްކަން ޖެހޭ ސުކޫކުގެ 500 މިލިއަން ޑޮލަރެވެ. މި ބޮންޑާއި ސުކޫކު ހިމަނައިގެން ބޭރުގެ ސެކިއުރިޓީސް ދަރަނި ހުރީ 9.2 ބިލިއަން ރުފިޔާގަ އެވެ.
ސަރުކާރުގެ ސެކުއިރިޓީސް ދަރަނި
މި ސަރުކާރުން ބޭރުގެ ބާޒާރަށް އެއްވެސް ސެކިއުރިޓީއެއް ވިއްކާފައި ނުވާތީ ނޮވެމްބަރު 2023 ގައި، މި ރިޔާސީ ދައުރު ފެށުނު ފަހުން އެ އަދަދަށް އެއްވެސް ބަދަލެއް ނާދެ އެވެ.
ނަމަވެސް ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވުން އިތުރުވެފައިވާތީ އެ ތާރީހުން ފެށިގެން މިއަދާ ހަމައަށް މިވީ މުއްދަތުގެ ތެރޭގައި އެތެރޭގެ ދަރަނި ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އަދަދުތަކުން ދައްކަ އެވެ. މި ނޫހުން ހިސާބުކުރާއިރު، އެތެރޭގެ ބާޒާރުން ނެގި އަދަދު 23 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ސަރުކާރުގެ ސެކިއުރިޓީސް ދަރަނި 100 ބިލިއަން ފަހަނައަޅައިދިޔައިރު، ބޭރުގެ ލޯނުތަކާއި ގެރެންޓީ ދީފައިވާ ލޯނުތައް ހިމަނައިގެން ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 158 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓުން ދައްކާ ގޮތުގައި އަހަރު ނިމޭއިރު ވެސް ދަރަނި ހުންނާނީ ގާތްގަނޑަކަށް މިވަރަށެވެ.
ސަރުކާރުގެ ސެކިއުރިޓީސް ދަރަނި 100 ބިލިއަން ރުފިޔާއިން މައްޗަށް ސަރުކާރުގެ ސެކިއުރިޓީސް ދަރަނި 100 ބިލިއަން ރުފިޔާއިން މައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ