ވިނަރެސްގައި ހިންގާ ލޯންޑްރީ ހުއްޓާލުމަށް 7 ދުވަހުގެ ނޯޓިސްއެއް ދީފި

ވިނަރެސް ފްލެޓެއްގައި ފުޅާ ދާއިރާގައި ހިންގަމުންދާ ލޯންޑްރީގެ މަސައްކަތް ހުއްޓާލުމަށް ހަތް ދުވަހުގެ ނޯޓިސްއެއް އެޗްޑީސީން އެ ތަނުގެ ވެރިފަރާތައް ދީފި އެވެ.
ވީ ކިހިނެއް؟ - ވިނަރެސް އެޕާޓްމަންޓެއްގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި އުސޫލުން ލޯންޑްރީ މަސައްކަތް ކުރާކަން ފާޅާ އެރީ، ޝޯޝަލް މީޑިއާގެ އެކައުންޓަކުން އެތަނުގެ ވީޑިއޯއާ އެކު ޕޯސްޓު ކުރުމުންނެވެ. މީހުން ދިރިއުޅޭ އެޕާޓާމަންޓް އިމާރާތެއްގައި އެފަދަ ކަމެއް ކުރުމަކީ އާންމުންގެ ފުރާނައަށް ވެސް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަކަށް ވުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ތަފްސީލު - މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ސިރާޖު މިއަދު 'ދައުރު'އަށް ވިދާޅުވީ އެޕާޓްމަންޓުގެ ވެރިފަރާތަށް އެކަން ނުކުރުމަށް އެދި ހަތް ދުވަހުގެ ނޯޓިސްއެއް ދީފައިވާ ކަމަށެވެ.
"ހަތް ދުވަސް ތެރޭ އެކަން އިސްލާހުނުކޮށްފި ނަމަ، ގަވައިދުގައިވާ ގޮތުގެ މަތިން އެޗްޑީސީން ފިޔަވަޅު އަޅާނެ،" އޭނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުން އެނގޭ ގޮތުގައި:
މި މަސައްކަތް ކުރަމުންދަނީ ވިނަރެސްގެ 'ޓަވަރު އަށެއް އޭ'ގައި
ފަހަކަށް ވުރެ ގިނަ ބޮޑެތި ލޯންޑްރީ މެޝިން އެޕާޓްމަންޓުން ފެންނަން ހުރި
އެ މެޝިންތަކަށް ބޭނުންވާ ބޮޑެތި ގޭސްފުޅި ވައްދާ މަންޒަފު ފެނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ