އިންތިޚާބުތައް ދުރުކުރުމުގެ ވިސްނުމެއް ނެތް، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރިނަމަ މަޖިލީހުގެ މެންބަރުން އަވަހަށް ހުވާކުރާނެ: އުޝާމް

އެއް އިރެއްގައިވެސް ދެ އިންތިޚާބު ދުރުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި، ފެހި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރަމުން އައި ނަމަ، އާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރާތާ ދެ ތިން މަހުގެ ތެރޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރާނެ ކަމަށް، ބަންޑާރަނައިބު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމީ ރައްޔިތުންނަށް ފައިދާވާނެ ކަމަށް ސަރުކާރުން ގަބޫލުކުރާތީ ކަމަށެވެ. އެކަމަކު ދެ އިންތިޚާބު އެއްކޮށްލުމުގައި ގޮތް ނިންމާނީ ރައްޔިތުންކަން އުޝާމް ފާހަގަކުރެއްވިއެވެ. https://www.sun.mv/217458 މި ބައްދަލުވުމުގައި އުޝާމް ފާހަގަކުރެއްވި އެއް ކަމަކީ ދެ އިންތިޚާބު އެއްކޮށްލައިފިނަމަ ސަރުކާރު ޖަވާބުދާރީކުރުވަން ލިބޭ ފުރުސަތު ގެއްލުމެވެ. ނަމަވެސް އާ ސަރުކާރު ހަވާލުވުމަށްފަހު މަޖިލީހުގެ އިންތިޚާބާ ދެމެދު އޮންނަ މުއްދަތަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށާއި ނަތީޖާ ވަޒަންކުރުމަށް އެކަށީގެންވާ ވަގުތެއްނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރު އަމަލުކުރަމުންދާ ގޮތަށް އަލިއަޅުވާލައްވައި އުޝާމް ވިދާޅުވިގޮތުގައި، 2008ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުއަސާސީ އެކުލަވާލީ ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބާ ދެމެދު ހަ މަހުގެ މުއްދަތެއް އޮންނަ ގޮތަކަށް ނޫނެވެ. ފެހި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރިނަމަ ރައީސުލްޖުމްހޫރިއްޔާ ހުވާކުރާތާ ދެ ތިން މަހުގެ ތެރޭ މަޖިލިސް ހުވާކުރާނެ ކަމަށް ވިދާޅުވެ، އެ ގާނޫނުއަސާސީގެ ދަށުން އެންމެ ފުރަތަމަ މަޖިލީހުގެ އިންތިޚާބު މާރިޗު އެކެއްގެ ކުރިން ބާއްވަން ވާނެ ކަމަށް އޮތް ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނެތްކަން އުޝާމް ފާހަގަކުރެއްވިއެވެ. "އެހެންވީމާ އެއްވެސް އިރެއްގައި ގާނޫނުއަސާސީ އިސްލާޙުކުރިއިރުގައި ވިސްނުމެއްނޫނޭ ދެ އިންތިޚާބު ދުރުކުރުމަކީ، އެހެންވީމާ މި އިސްލާހު ގެނައުމަކީ ފައިދާއެއް ވާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވިއެވެ. https://www.sun.mv/217462 ހަމަ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، އަންނަ ލޯކަލް ކައުންސިލު އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދާ ވޯޓު އެއް ދުވަހަކަށް ހަދާ ނަމަ، އިންތިޚާބުތައް އެއްކޮށްލައިގެން ބޭއްވޭނީ މިމަހުގެ 18ވަނަ ދުވަހުގެ ކުރިން އާ ގާނޫނުގެ ހުރިހާ މަރުހަލާއެއް ނިމުމުން ކަމަށެވެ. އަދި މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދާ ވޯޓު، ކައުންސިލު އިންތިޚާބު އޮންނަ ދުވަހު ނަގާނަމަ އިތުރަށް 20 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށާއި، ވަކިން ބާއްވާނަމަ އެ ވޯޓަށް 80 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ