މާލެ ރީޖަނަލް ލީގު ދެވަނަ ޑިވިޝަން 2026 ގައި ލިޓިލް ޓައުން ސްޕޯޓްސްއާ ވާދަކޮށް ބިސްބުރު ސްޕޯޓްސް ކުލަބުން ގުރޫޕުގެ ކުރިއަށް ދިޔުމުގެ އުންމީދު އާކޮއްފިއެވެ. ބިސްބުރު މެޗު ކާމިޔާބުކުރީ 4-1 ލަނޑުންނެވެ.
މިމޮޅާއެކު ގުރޫޕުގެ ކުރީގަ އުޅޭ ޖޭޖޭ ސްޕޯޓްސް ކުލަބާއި ދަ ގްރާންޑޭއާ ޕޮއިންޓުގެ ގޮތުން ބިސްބުރު މިވަނީ ހަމަހަމަކޮއްފައެވެ. މި ތިން ޓީމަށް ވެސް މި ގުރޫޕުން 6 ޕޮއިންޓް ވަނީ ހޯދާފައެވެ. ޕީކޭ ތިން ޕޮއިންޓުގައި އޮތްއިރު އެލްޓީ އަދި ލެގޫންސަކަށް ޕޮއިންޓެއް ނުލިބެއެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބިސްބުރުން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އެލްޓީގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މެޗުގެ ފުރަތަމަ ހަމަލާ ބިސްބުރުން ފޮނުވާލި 11 ވަނަ މިނިޓުގައި އެލްޓީގެ މިސްރު ފޯވާޑް އޭރިއާ ބޭރުން މަހްމޫދު އަޝްރަފް މަހްމޫދް މުސްތަފާއެވެ.
މަހްމޫދުގެ މި ހަމަލާ ނާކާމިޔާބު ވިޔަސް އޭނާ ވަނީ އެކަނި ހިފައިގެން ދިޔަ ބޯޅަ އެއް އޭރިއާ ތެރެއަށްވަދެ 17 ވަނަ މިނިޓުގައި ލީޑު ނަގާފައެވެ.
މެޗުގެ ދެވަނަ ލަނޑު މަހުމޫދު ކާމިޔާބުކުރީ ފުރަތަމަ ލަނޑުވެސް ޖެހި ކަހަލަގޮތަށް އޭރިއާތެރެއަށް ވަދެ މެދަށް ޖެހިލާފަ ގޯލުގެ ކަނަށް ވައްދާލި ބޯޅައަކުންނެވެ. މި ލަނޑު މަހުމޫދު ޖެހީ 25 ވަނަ މިނިޓުގައެވެ.
ބިސްބުރުގެ ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މުހައްމަދު އައިމަން ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ ދެވަނަހާފު ކުޅުން ފަށައިގެން އެލްޓީން ބޯޅަ ހަފައްޓައިގެން ވަރަށް ރަނގަޅަށް ކުޅުނެވެ.
މެޗުގެ 60 ވަނަ މިނިޓުގައި އެލްޓީގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ މުހައްމަދު މަލާކް އިބްރާހިމް މަނިކެވެ. ބިސްބުރުން ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ 77 ވަނަ މިނިޓުގައި އިމަން އޭރިއާ ތެރެއަށް ހުފައިގެން ވަތް ބޯޅައެއް ފޮނުވާލުމުން ކީޕާރު ދިފާއުކުރި ވަގުތު ކައިރީގައި ހުރެފަ މުހައްމަދު ނަޝީދު ގޯލަށް ވައްދާލި ބޯޅައިންނެވެ.
މިމެޗާ އެކު ކުޅުނު ތިން މެޗުން ދެމެޗު ބިސްބުރު ކާމިޔާބު ކުރިއިރު އެލްޓީ މި ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ.
އެލްޓީ އަތުން ހޯދި މޮޅާއެކު ބިސްބުރަށް އުންމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ