ކަރަންޓު ގިނައިން ބޭނުންކުރާ ދުވަސްވަރަށް ވިލިލާލެއަށް 1،200 ކިލޯވޮޓްެގެ ޖަނެރޭޓަރެއް

ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިލާލެއަށް 1،200 ކިލޯވޮޓްެގެ ޖަނެރޭޓަރެއް ގެންގޮސް ބޭނުންކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯ އިން މިއަދު ބުނީ މި ޖެނެރޭޓަރު ބޭނުންކުރަން ފެށުމުން އެ އަވަށުގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކުރެވި ކަރަންޓުގެ ހިދުމަތުގެ ޔަގީންކަން އިތުރަށް ކަށަވަރުކުރެވޭނެ ކަމަށެވެ.
ތަފްސީލް - ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަރަންޓު ކެނޑުމާއި ޖެނެރޭޓަރުތަކަށް ނުކަތާވަރުވުމުން ބައެއް ފަަހަރު ކަރަންޓު ކަނޑަން ޖެހޭ ތަން ވެސް އާދެ އެވެ.
އެހެންކަމުން، ކޮންމެ އަހަރެއްގެ ވެސް ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯ އިން އެ ކުންފުނީގެ ކެޕޭސިޓީ އިތުރުކޮށް، ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރެ އެވެ.
ވިލިމާލެއަށް އިތުރުކުރި 1،200 ކިލޯވޮޓްގެ ޖެނެރޭޓަރާ އެކު އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ވާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ