މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހުމަދު އަޝްފާން، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް މިއަދު ބަދަލުކުރައްވައިފިއެވެ.
އަޝްފާން އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. ސިވިލް ސާވިސްގެ ވަޒީފާއިން ސިޔާސީ މަގާމަކަށް އޭނާ ފުރަތަމަ އައްޔަންކުރެވުނީ މި ސަރުކާރުގައެވެ.
އޭނާ ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމަކަށް ބަދަލުވެވަޑައިގަތުމާ ގުޅިގެން، އިމިގްރޭޝަނުން ވަނީ އޭނާ އެ މުއައްސަސާއަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ. އަޝްފާން ވަނީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި މެދުނުކެނޑި 19 އަހަރު ހިދުމަތް ކުރައްވައިފައެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެ، އަޝްފާން ވަނީ މީގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމާއެކު ކާމިޔާބީތަކެއް ހޯދައި، ރާއްޖޭގެ މަޝްހޫރު ބައެއް ކުލަބުތަކުގައި ވެސް ވިދާލައިފައެވެ.
އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރު އަޝްފާން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ