އައިކެއާ ރަމަޟާން އުމްރާ ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި

އައިކެއާ ރަމަޟާން އުމްރާ ދަތުރުގެ ނަސީބުވެރިއަކަށް މުޙައްމަދު ސައުފާން ހޮވިއްޖެއެވެ. އައިކެއާއިން ވަނީ، "ވިން އަ ރަމަޟާން އުމްރާ ޓްރިޕް ވިތު އައިކެއާ" ލަކީޑްރޯގެ ނަސީބުވެރި ފަރާތަކަށް މުޙައްމަދު ސައުފާން ހޮވިފައިވާތީ އެކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ. އެ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާފައިވަނީ އައިކެއާ އޮޕްޓިކަލް އައުޓްލެޓުން ޓީވީއެމް މެދުވެރިކޮށް ވަގުތުން ދެއްކި ޚާއްސަ ޕްރޮގްރާމެއްގައެވެ. މިއީ މިދިޔަ ނޮވެމްބަރު މަހުގެ 28 އިން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް، ރާއްޖޭގެ ހުރިހާ އައިކެއާ އައުޓްލެޓްތަކެއްގައި ކުރިއަށްދިޔަ ކެމްޕޭނަކަށް ވާއިރު، މި ކެމްޕޭނަށް ކަސްޓަމަރުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބަކާއި އިތުބާރެއް ލިބިފައި ކަމަށް އައިކެއާއިން ބުންޏެވެ. އައިކެއާއިން ބުނީ މިއީ ހަމައެކަނި ޕްރޮމޯޝަނެއްގެ ބަދަލުގައި، ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކަސްޓަމަރުންނަށް ދެވޭ ޚާއްސަ ހަދިޔާއެއްގެ ކަމަށެވެ. އަދި، ކަސްޓަމަރުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. އެ ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ލިބެނީ، ދެ މީހަކަށް ބޭނުންކުރެވޭނެ އުމްރާ ދަތުރެކެވެ. އައިކެއާގެ ފަރާތުން ވަނީ މުޙައްމަދު ސައުފާންއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ