ދިވެހި ގައުމާއި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އެންމެ ޤާބިލް ލަޝްކަރަކީ އެއްވެސް ދިވެހި ސިފައިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ސިފައިންގެ 134 އަހަރީ ދުވަހާ ގުޅިގެން އެ މަނިކުފާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޚިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައި ދީފައި ވަނީ ޝަހީދުންނާއި، މުޖާހިދުންނާއި، ނުރައްކަލުން ރައްޔިތުން ސަލާމަތްކޮށް ދިން ހިތްވަރުގަދަ އެތައް ދަރީން ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ޙިމާޔަތާއި ރައްކާތެރިކަމަށް ރުކުރުވާލާފައިވާ އެންމެ ބިޔަ އެންމެ ޤާބިލް ލަޝްކަރަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ލޮބުވެތި ދިވެހި ސިފައިން." ރައީސް ވިދާޅުވި އެވެ.
އެހެންވެ ދިވެހި ޤައުމަށްޓަކައި ރެޔާއި ދުވާލު ސިފައިން ކުރަމުން އަންނަ އަގުހުރި ޚިދުމަތަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަހަރީ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނާއި ޢާއިލާތަކަށް އަރިސްކުރަން." އެ މަނިކުފާނު ވިދާޅުވި އެވެ.
ދިފާއުގައި އޮތް ބިޔަ ލަޝްކަރަކީ ސިފައިން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ