މާފުއްޓާއި އެ ރަށު ހިއްކި ބިން ގުޅާލާ ބްރިޖުގެ މަސައްކަތް ފަށައިފި

ކ. މާފުށްޓާއި އެ ރަށު ހިއްކި ސަރަހައްދު ގުޅުވައިދޭ ބުރިޖުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މާފުއްޓާއި އެ ރަށަށް އިތުރުކުރި ބިން ގުޅާލުމަށް 137 މީޓަރުގެ ބްރިޖެއް އަޅާނެ އެވެ.
ތަފްސީލް - މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 35.42 މިލިއަން ރުފިޔާއަށް، އެއް އަހަރު ދުވަހުން  ނިންމާ ގޮތަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މަސައްކަތް ނިމުމުން ދަތުރުފަތުރު ކުރުމުގައި ލުއިތައް ލިބި، ލަފާ ފުރުމާއި މުދާ އުފުލާ ބޭލުން ފަދަ ކަންކަން މިހާރަށް ވުރެ ހަރުދަނާވާނެ ކަމަށެވެ. އަދި ހިއްކި ސަރަހައްދުން ބޯހިޔާވަހިކަމަށާއި ސިނާއީ ބޭނުންތަކަށް އަދި ވިޔަފާރި ބޭނުންތަކަށް ބިން ދޫކުރާއިރު، މި ބްރިޖާ އެކު ރަށުގެ އުމްރާނީ ތަރައްގީ އާއި އިގްތިސޯދީ ދުވެލި ހަލުވިވެ، ފަތުރުވެރިކަމުގެ ވިޔަފާރި އިތުރަށް ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ