ސުނާމީ ބިނާ މަރާމާތުކުރުމުގެ މަސައްކަތް ނިންމާލައިފި

ސުނާމީ ބިނާ މަރާމާތުކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
ވީ ކިހިނެެއް؟ - މި މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެ ކުންފުނިން ބުނީ ސުނާމީ ބިނާ މައިޒާން ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތްތައް މި މަހުގެ 2 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.
ތަފްސީލް - ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މީގެ ކުރިން ވިދާޅުވީ ސުނާމީ ބިނާ މައިޒާން ސަރަހައްދު ތަރައްގީ ކުރަނީ މާލޭގެ ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން:
ސުނާމީ ބިނާ ހުރި ސަރަހައްދުގެ ހުޅަނގު ފަރާތުގައި ޖަހާފައިވާ ޝީޓް ޕައިލްތައް ހަލާކުވެ، ވެލިގަނޑު ދަމައިގަންނަމުންދާތީ ޝީޓް ޕައިލްތައް އާކޮށް، ކީވޯލް މަރާމާތުކުރުމުގެ މަސައްކަތްކޮށްފައިވޭ
އެ ސަރަހައްދުގެ ލޭންޑް ސްކޭޕިންގެ މަސައްކަތްކޮށްފައިވޭ
ފަސްމަންޒަރު - ސުނާމީ ކާރިސާގެ ހަނދާނުގައި ހެދި ސުނާމީ ބިނާ ފުރަތަމަ ހުރީ މިހާރު ސިނަމާލެ ބްރިޖަށް އަރާ ސަރަހައްދުގަ އެވެ. އެ ބިނާ މާލޭ ހުޅަނގުފަރާތު ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކޮށް، މިހާރު ހުރި ގޮތަށް މައިޒާނެއް ތަރައްގީކުރީ 2016 ވަނަ އަހަރު އެވެ.
ގުޅުން ހުރި - މާލޭގެ ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ރަސްފަންނު ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ