މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށް، އެމީހާގެ ނަމުގައި އެކި މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މިި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހމ. ފަރުމާވިލާ / މާލެ، ޙުސައިން ފާރިޝް ޢުމަރު (22އ) ކަމަށެވެ.
ފުލުހުން މައުލޫމާތު ދޭގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ، ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޑިސެންބަރު 17 ވަނަ ދުވަހުއެވެ.
އަދި ހައްޔަރުކޮށްފައިވަނީ، މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އެ ފައިސާގެ ތެރެއިން ބައެއް ނަގާފައިވާ މައްސަލައިގައި ކަމަށްވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އެގޮތުން، މީގެކުރިން ހައްޔަރުކޮށްފައިވަނީ، ހމ.ފްލެޓް ނަންބަރ 06-2-39 / މާލެ، ޙަސަން އަޒުރާޙު (39އ) އާއި، ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) އާއި، ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) އެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ވައިބާ އެކައުންޓެއް ހެކްކޮށްގެން މަކަރާ ހީލަތުން ފައިސާ ހޯދި މައްސަލައިގާ ހަތަރުވަނަ މީހާ ހައްޔަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ