މުސާރައިގެ ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވާ ގޮތް ހަދައިފި
ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެން ސިވިލް ސާވަންޓުންނަށް މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް ހަދައިފިއެވެ. ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލުވެފައިވާ ސިވިލް ސާވަންޓުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި މިހާރު އަމަލުކުރާ ގޮތުން، މުސާރައިގެ ކުރިއެރުން ދެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅުމުން، އެ މިނިސްޓްރީން ހުއްދަދޭ ތާރީޚުން ފެށިގެންނެވެ. އެ އުސޫލަށް މިއަދު ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒް ސޮއިކުރައްވައި އާއްމުކުރެއްވި ސާކިއުލާގައިވާ ގޮތުން، މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެވޭނީ އެންމެހާ ކަންކަން ފުރިހަމަވުމާއެކު، އެ ކުރިއެރުން ދިނުމަށް މިނިސްޓްރީގެ ހުއްދަ ލިބި، ކޮމިޝަނަށް ހުށަހެޅުމުން، ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެންނެވެ. ފާހަގަކުރެވޭ ގޮތުގައި، މިހާތަނަށް ބޮޑުކޮށްފައިނުވާ ސިވިލް ހުރިހާ މުވައްޒަފުންގެ މުސާރަ، މިދިޔަ ނޮވެންބަރު މަހުން ފެށިގެން ވަނީ ބޮޑުކޮށްފައެވެ. https://sun.mv/213369 ފިނޭންސް މިނިސްޓްރީގެ ޖޮބް މެޓްރިކްސްގައި ވަނީ، އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތަކުގެ ތަފުސީލުތައް ހިމަނާފައެވެ. އޭގެތެރޭގައި، ބިޒްނަސް އެޑްމިނިސްޓްރޭޓިވްއާއި ތައުލީމާއި ސިއްހީ ދާއިރާގެ އިތުރަށް އެހެނިހެން ސިވިލް ސާވިސް ދާއިރާތައް ހިމެނެއެވެ. އެ ދާއިރާތަކުގެ ތެރެއިން، އިދާރީ މުވައްޒަފުންނާއި ފިސްކަލް އެނަލިސްޓުންނާއި އެކައުންޓެންޓުންނާއި މީޑިއާ ކޮމިޝަންގެ މުވައްޒަފުންނާއި އޭވިއޭޝަން ކޮމާންޑުގައި ހަރަކާތްތެރިވާ މުސާރައަށް ގެންނަ ބަދަލުގެ ތަފްސީލުތައް ވަނީ ހިމަނާފައެވެ. ޖޮބް މެޓްރިކްސްގައި އެ ތަފްސީލުތައް ހިމަނާފައި ވަނީ، އެކި ދާއިރާތަކުގެ މަގާމުތައް ވަކިންނެވެ. ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލު ގެނައުމަށްފަހު، ނޮވެމްބަރު މަހުން ފެށިގެން ސިވިލް މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނައި ނަމަވެސް ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވެފައިވާ ކަމަށް ބުނެ، އެކި ދާއިރާތަކުގެ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. https://sun.mv/216240 އެގޮތުން، މި ފަހުން ޖުޑިޝަރީގެ ބައެއް މުވައްޒަފުން ވަނީ 'ކަޅުހެދުން' ލައިގެން އިހުތިޖާޖު ވެސް ކޮށްފައެވެ. އަދި ބައެއް ކައުންސިލުތަކުގެ މުވައްޒަފުންގެ މުސާރަތައް ކުޑަވި ކަމަށް ވިދާޅުވެ، ބައެއް ކައުންސިލަރުންވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭގެ ތެރޭގައި މާލޭގެ މޭޔަރު އާދަމް ޢާޒިމްވެސް ހިމެނިވަޑައިގަންނަވައެވެ. ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތް ފެށީ، ކަރަމާތްތެރި ދިރިއުޅުމެއް އުޅެން ބޭނުންވާ ވަރުގެ ރަނގަޅު އުޖޫރައެއް ދިނުމުގެ މަގުސަދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ