މި އަހަރު ދަޢުލަތުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް 5،280 މިލިއަން ރުފިޔާ

އިކޮނޮމިކް މިނިސްޓްރީން 2024 ވަނަ އަހަރު ދަޢުލަތުގެ ބަޖެޓުގައި ތައުލީމީ ދާއިރާގެ އެކިކަންކަންކަމަށް ޚަރަދުވޭނެކަމަށް އަންދާޒާކުރާ އަދަދު ގެ ގޮތުގައި 5280 ހިމަނައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި ބަޖެޓުގައި ހިމަނާފައިވާ އަދަދުތަކަކީ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އަދި ސަރުކާރުގެ މެނިފެސްޓޯގައިވެސް އެކަންކަން ކުރުމަށް އެންމެ އިސްކަންދޭ ކަންތައްތަކެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގައި ތަޢުލީމީ ދައިރާއަށް ޚާއްސަކޮށްގެން 5،280 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 4،445 މިލިއަން ރުފިޔާގެ އިތުރުން ކެޕިޓަލް ކަރަދުގެ ގޮތުގައި 824 މިލިއަން ރުފިޔާއެވެ. އެއީ ކޮންމެ ދަރިވަރަކަށް 54،056 ރުފިޔާގެ އަދަދެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ބަޖެޓުގައި 550 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވަނީ ދަރިވަރުންގެ ލޯނު ސްކީމަށެވެ. އަދި 156 މިލިއަން ރުފިޔާ ފްރީ ޑިގްރީ ޕްރޮގްރާމަށް ޚަރަދުވާނެ ކަމަށް ބެލެވޭއިރު 184 މިލިއަން ރުފިޔާ ދަރިވަރުންނަށްދޭ ސްކޮލަރޝިޕްތަކަށް ޚަރަދުވާނެ ކަމަށް އަންދާޒާކުރެވެއެވެ. ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބޮޑުބައެއް ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވަނީ މުވައްޒަފުންގެ މުސާރައަށެވެ. އެގޮތުން 3،270 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރައަށް ޚަރަދުވާނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. ދަރިވަރުންގެ ފޮތްލިސްޓާއި ސްކޫލު ފީގެ ގޮތުގައި 192 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ބަޖެޓުގައި އަންދާޒާކޮށްފައެވެ. މީގެ އިތުރުން ސްކޫލާއި ޔުނިވާސިޓީ އިމާރާތްކުރުމަށް 238 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 49،550 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހޭދައާއި ބޭރުގެ މާލީ އިދާރާތަކަށް ރައުސުލްމާލުގެ ގޮތުގައި ދައްކާ ފައިސާ ހިމެނެއެވެ. އެހެންނަމަވެސް، މިއީ ޚަރަދުގެ ގޮތުގައި ގުނޭ ބައިތަކެއް ނޫނެވެ. މި ދެބައި ނުލައި، 2024 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ޚަރަދު ލަފާކޮށްފައިވަނީ 47،317 މިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ