ކޮންފަރެންސްގެ ހަވާސާގައި “މޯނިން ޓުއަރ” އެއް ޓީޗާސް ކޮންފަރެންސްގެ ދެވަނަ ދުވަސް ފެށިގެން ކުރިއަށްއެބަދޭ ތަޢުލީމީ ދާއިރާއަށްވަނީ ބޮޑު އިންގިލާބެއް ގެނެސްފައި:ނައިބްރައީސް ކޮންފަރެންސަށް ޝަރަފުއްދީން ސްކޫލް ފުރިހަމައަށް ތައްޔާރުވެފައި މަގުބޫލު ލިޔުންތައް

ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްުލު ކުރުމަށް ކުރާނެ ކަންތައްތަކާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް އެޔުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ.އަދީލް ނަސީރު ވިދާޅުވެއްޖެއެވެ،
ކޮންމެ ދެ އަހަރުން އެއް އަހަރު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް އާއި ގުޅޭ ގޮތުން މި ކޮންފަރެންސްގެ ކޯ-ޗެއަރ، އަދީލް ނަސީރު ވިދާޅުވީ މި ކޮންފަރެންސްގައި މުދައްރިސުންނަށް ދަސްވެފައި ހުރި ކަންކަމާއި ކިޔަވައިދިނުމުގައި ޢަމަލުކުރަމުންދާ ގޮތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ކަރުދާސްތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދިޔަ ކަމަށެވެ. އެހެންކަމުން ޖުމްލަކޮށް މިއީ ވަރަށް ކާމިޔާބު ކޮންފަރެންސްއެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ. “އަޅުގަނޑުމެންނަށް އާންމުކޮށް މި ފެންނަނީ މައްސަލަތައް، އެހެންނަމަވެސް މި ކޮންފަރެންސް އިން ފެނިގެން ދިޔައީ ހަޤީޤަތުގައި މައްސަލަތަކަށް ވުރެ ބޮޑަށް އަޅުގަނޑުމެންނަށް ރަނގަޅުކަންކަން ވެސް ކުރެވެމުން އަންނަކަމުގެ ޔަޤީންކަމާއި، އިތުބާރު،” އަދީލް ވިދާޅުވިއެވެ.
މި ކޮންފަރެންސްގައި ބައިވެރިވި މުހައްމަދު ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އާރިފާ އަބްދުލް މަޖީދު ފާހަގަކުރެއްވި ގޮތުގައި މިއީ ޝާމިލުކުރުމާގުޅޭ ގިނަ، އާ މައުލޫމާތުތަކެއް ދަސްވި ކޮންފަރެންސްއެއް ކަމަށެވެ. އަދި ސްކޫލުތަކުގެ “ބެސްޓް ޕްރެކްޓިސެސް”ތަކާއި ކީނޯޓްތަކުން ލިބުނު މައުލޫމާތަކީ ސްކޫލުތަކުގައި ކިޔަވައިދިނުން އިތުރަށް ހަރުދަނާކޮށް، ތަރައްގީކުރުމަށްޓަކާ ބޭނުންތެރި މައުލޫމާތުތަކެއްގެ ކަމަށެވެ. މީގެ އިތުރުން ވެސް ގިނަ ބައިވެރިން ވަނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއް އެއްތަނަކުން ބައްދަލުވެ، ދާއިރާއާ ގުޅޭ މުހިންމު މަޝްވަރާތަކުގައި ބައިވެރިވުމަކީ ގިނަ އާ ކަންކަން ދަސްވެ، އުނގަންނައިދިނުމަށް އޭގެ ހެޔޮ އަސަރުތަކެއް ކުރާނެކަމެއްކަން ފާޙަގަކޮށްފައެވެ.
ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު މި ކޮންފަރެންސްގައި 60 ދިރާސާ ކަރުދާހާއި 4 ކޭސް ސްޓަޑީ ވަނީ ހުށަހަޅާފައެވެ. އަދި މި މަޢުޟޫއުއަށް 2 ކީ ނޯޓާއި 2 ޕެނަލް ޑިސްކަޝަން ކުރިއަށްދިޔައެވެ. 2012 ވަނަ އަހަރުން ފެށިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ބާއްވަމުން އަންނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި މިއަހަރު ރާއްޖެއާ ރާއްޖެއިން ބޭރުގެ ޢިލްމީ ބޭފުޅުން ހިމެނޭހެން ޖުމްލަ 250 ބޭފުޅުން ބައިވެރިވިއެވެ. މި ކޮންފަރެންސްގެ 8 ވަނަ އެޑިޝަން އޮންނާނީ 2026 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ