ކާނި އަބްދުﷲ އަށް ފަޅެއް ދިނުމާއި އެކު، ޑޮލަރު މާރުކުރާ ބިލް ރަނގަޅުވެ އެވާހަކަ ދައްކައިފިއެވެ. ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަން ބައްލަވައިގަނެގެން އުޅުއްވާ ކާނި އަބްދުﷲ ކުރިން ވަނީ ޑޮލަރުގެ މާރުކުރާ ބިލާއި ދެކޮޅު ހަދާފައެވެ. 
އޭނާ ސޯޝަލް މީޑިޔާގެ އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ވަނީ، ރަށްތަކުގެ ތަރައްޤީއަށް ޑޮލަރު މާރުކުރާ ބިލުން ފައިދާ ވާނެކަމަށެވެ. 
ދިޔަވަރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކާނި އަބްދުﷲ އަށް ފަޅެއް މުއިއްޒު ދީފައިވަނީ، މާފުށި ކައިރިންނެވެ. އެންމެ ފުރަތަމަ ވ. އަތޮޅު ކައިރިން ފަޅެއް ދިނުމުން އެ އަތޮޅު މީހުން އެކަމާއި މައްސަލަ ޖެއްސުމުން، ފަހުން މާފުށި ކައިރިން ފަޅެއް ދިން ކަމަށް މައުލޫމާތު ލިބެއެވެ. 
ކާނި އަބްދުﷲ އަށް ފަޅެއް މުއިއްޒު ދީފައިވަނީ އުސޫލުން ބޭރުންނެވެ. އަދި މިކަމުގައި ކޮރަޕްޝަން އެކުލެވިފައިވާކަން ދިޔަވަރު ނޫހަށް ލިބުނު މައުލޫމާތު ތަކުން ސާފުވެއެވެ. މިގޮތުން އެއްލައްކަ ޑޮލަރުގެ ކޮރަޕްޝަނެއް މިކަމުގައި ހިނގާފައިވާކަން ލިބިފައިވާ މައުލޫމާތު ތަކުން ދައްކައެވެ. 
ޑޮލަރު މާރު ކުރާ ބިލަކީ، ރިސޯޓު ވިޔަފާރިތައް ފުނޑާލައި، ރާއްޖޭގެ މުޅި އިޤްތިޞާދަށް އޭގެ ހީނަރު އަސަރު ކުރުވާނެ ބިލެކެވެ.
    
    ކާނި އަބްދުﷲ އަށް ފަޅެއް ދިނުމުން، ޑޮލަރު މާރުކުރާ ބިލް މިހާރު ރަނގަޅުވެއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ