ކުރީގެ މެމްބަރު އިލްޔާސް ފުލުހަށް ހާޒިރުކޮށް، ފޯނު އަތުލައިފި

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބު ފުލުސް އޮފީހަށް ހާޒިރުކޮށް، އޭނާގެ ފޯނު އަތުލައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އިލްޔާސް މިއަދު ފުލުހަށް ހާޒިރުކުރީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން މައްސަލައެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އިލްޔާސް މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ މިއަދު ހަވީރު 5:40 ހާ އިރުއެވެ. ނަމަވެސް މިހާރު އޭނާ ވަނީ ދޫކޮށްލައިފައެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި، އިލްޔާސް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު، ފުލުހުން ވަނީ އޭނާގެ ފޯނު ވެސް ހިފަހައްޓައިފައެވެ. އިލްޔާސް ލަބީބަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވެސް މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ