"ރަން ފޯ ހިއުމާނިޓީ" މިއަދު ހަވީރު އައްޑޫގައި ކުރިއަށްގެންދަނީ

ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާއި ދިވެހި ރެޑްކްރެސެންޓް ދުވަހާ ގުޅުވައިގެން ބާއްވާ "ރަން ފޯ ހިއުމާނިޓީ" މިއަދު ހަވީރު އައްޑޫ ސިޓީގައި ކުރިއަށްގެންދަން ނިންމައިފިއެވެ.
މިއީ ދިވެހި ރެޑްކްރެސެންޓުން އިންތިޒާމުކޮށްގެން އައްޑޫގައި ބާއްވާ މިފަދަ ދެ ވަނަ ދުވުމެވެ.
ދިވެހި ރެޑްކްރެސެންޓް ދުވަހަކީ 16 އޯގަސްޓަށްވާއިރު ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހަކީ 19 އޯގަސްޓްއެވެ.
މިއަދު ހަވީރު 4:00 ގައި އައްޑޫ ސިޓީ ސްކޮޔަރއިން ފަށާ މިދުވުމުގެ މެއިން ސްޕޮންސަރުންގެ ގޮތުގައި ވޭން އޯރޑް އަދި ވިލާކޮލެޖް ހަރަކާތްތެރިވާއިރު އިތުރު ޕާޓްނަރުންގެ ގޮތުގައި، އިކުއެޓަރ ވިލެޖް، އައްޑޫ ސިޓީ ކައުންސިލް، ދިވެހި ފުލުހުންގެ ޚިދުމަތް، ވަން ޑިގްރީ، ކޮންޓްރޯލް ޕީ، ޝަރަފުއްދީން ސްކޫލް އަދި އައްޑޫ ހައި ސްކޫލް ހަރަކާތްތެރިވާނެއެވެ.
މިދުވުމުގައި ބައިވެރިވާ ފަރާތްތަކަށް އައްޑޫ ސިޓީ ސްކޮޔަރއިން އިއްޔެ ހަވީރުން ފެށިގެން ބިބް ދޫކުރަންވަނީ ފަށާފައެވެ. ބިބް ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
"ރަން ފޯ ހިއުމާނިޓީ" ކުރިއަށްދާއިރު އެކުއެޓަރ ވިލެޖްގެ ބޭންޑެއްގެ ހުށަހެޅުންތަކެއްވެސް ކުރިއަށްގެންދަންވަނީ އިންތިޒާމްކޮށްފައެވެ.
ދިވެހި ރެޑްކްރެސެންޓަކީ ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ކުރީސަފުގައި މަސައްކަތްކުރާ އެއް ޖަމިއްޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ