ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އަތުން 1-0 އިން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލުން ލުބުނާން ޖާގަ ހޯދައިފި އެވެ.
ގުރޫޕް ބީ ގެ ފަހު މެޗުގައި ހޯދި މޯޅާއި އެކު ލުބުނާނަށް ސެމީގެ ޖާގަ ކަށަވަރުވިއިރު، އެ ޓީމުން ސެމީގައި ބައްދަލުކުރަން ޖެހޭނީ ގުރޫޕް އޭ ގެ ދެވަނަ ލިބުނު އިންޑިއާ އާއެވެ.
މި މެޗުން ބަލިވެ، ރާއްޖެ އަށް މިހާރު ސެމީ އަށް ދިއުމުގެ އަމިއްލަ ބާރު ކެނޑިފައި ވާއިރު، ރާއްޖެ އަށް ސެމީ ފައިނަލުގެ ފުރުސަތެއް އޮތީ މި ގްރޫޕުގައި މިރޭ ބަންގްލަދޭޝް އާއި ބައްދަލުކުރާ މެޗުން ބޫޓާނުން ތިން ލަނޑުގެ ތަފާތަކުން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދައިފިނަމަ އެވެ.
އެ ނޫން ކޮންމެ ނަތީޖާ އެއް ނުކުތަސް ރާއްޖެ އަށް ސެމީގެ ފުރުސަތު ގެއްލޭނެއެވެ.
ގުރޫޕް ގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއި އެކު ގުރޫޕް ބީ ގެ އެއްވަނަ ހޯދާ ސެމީގެ ޖާގަ ލުބުނާނުން ޔަގީން ކުރިއިރު، ދެ ވަނައިގައި އޮތީ ބަންގްލަދޭޝްއެވެ. އަދި ހަމަ ބަންގްލަދޭޝް އާއި އެއް އަދަދަށް ޕޮއިންޓު ހޯދައިގެން ތިން ވަނައިގައި އޮތީ ރާއްޖެއެވެ. ބަންގްލަދޭޝް އަށް ރާއްޖެއަށް ވުރެ ކުރި ލިބެނީ ގޯލުގެތަފާތުންނެވެ. ކުޅުނު ދެމެޗުން ވެސް ބަލިވެ ފުލުގައި އޮތް ބޫޓާން އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ރާއްޖެ އަދި ލުބުނާން މިއަދު ކުޅުނު މެޗު ފަށައިގެން ވެސް ރަނގަޅަށް ކުޅުނީ ލުބުނާނުންނެވެ. އެގޮތުން މެޗުގެ 23 ވަނަ މިނިޓްގަ ލުބުނާނުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން، ހަސަން މާތޫކް އެވެ. އޭރިއާ ރޮނގުމަތިން ލިބުނު ހިލޭ ޖެހުމެއްގައި މާތޫކް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
އެއް ލަނޑުގެ ލީޑަކާއި އެކު ލުބުނާނުން ފުރަތަމަ ފާހު ނިންމާލިއިރު، ދެ ވަނަ ހާފަށް ކުޅެން އަރައި ރާއްޖޭން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އެގޮތުން ލުބުނާނު ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ ފުރުސަތެއް ލިބޭތޯ މަސައްކަތް ކުރަމުންދިޔަ އެވެ. އެ ގޮތުން މެޗުގެ 76 ވަނަ މިނިޓްގައި ރާއްޖޭގެ ހަމްޒާ މުހައްމަދު ފޮނުބާލި ހަމަލާއެއް ބްލޮކްވެގެން އޭރިއާތެރެއިން ދާދު އަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.
މުޅި މެޗަށް ބަލާއިރު، މި މެޗުގައި އެއްވެސް ޓީމަކަށް ލަނޑު ޖަހަން މާ ހުސް ފުރުސަތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ.
ގޯތި ލިބޭ މީހުންގެ ލިސްޓުގައި އިންޑިއާ މީހާގެ ނަން އޮތީ އޮޅުމަކުން: އަކްރަމް އަޟްޙާ ޢީދު ދުވަސް ޢީދަކީ ދޭދޭ ގުޅުންތައް ބަދަހިކޮށް ޢާއިލާގެ މެދުގައި ކުލުނާ ލޯބި އިތުރުކޮށްދޭ މަތިވެރި ފުރުޞަތެއް: ގާސިމް ރައީސް ސާލިހުގެ ދެކަނބަލުން އީދު ފާހަގަކުރެއްވުމަށް ތޮ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ