ހޯޕުން ބުންވަރު ހޯދައިގެން ދުއްޕާން ކުރަން ހިތައްވެސް ނާރުވާށެވެ. ރާއްޖޭގެ މިނިވަންކަމަކީ ބޮޑު ބިލާދަރު ވަގެއްކަމަށް ހަދަން ނޫޅޭށެވެ. ޓިނުގަނޑާ ހުނިގޮނޑިން ފެށިވައްކަން ފްލެޓްތަކާ މަލްޓި މިލިޔަން ޑޮލަރަށް ވީމާ ހުކުންވެސް ހަރާންވާނެއެވެ.
ހޯޕުން ތިޔަހޯދާ ބުންވަރަކީ ދެސަފު ދޭތެރޭގައި ހަމުން ބަހައްޓައިގެން ގަޑިއެއް ހާއިރު ވެސް ހިނގާލެވޭ ހާ ހަކަތަނެތް ބުންވަރެކެވެ. ބައިބޯކަން ދައްކަން ސަފުތައް ދުރުކޮށްގެން މަގު ހިނގަން ނިކުތަސް ތިޔަ އެއްޗެއްގެ ސައިޒު އެބަ ފެނޭ ނޫން ހެއްޔެވެ. ގައިންގަޔަށް އަރާ ރޯގާއަކުން ސަލާމަތްވާން ކަރަންޓީނުގައި އުޅޭ ބަޔެކޭ ތަފާތެއް ނެތެވެ.
މި ދޭތެރެއަކުން ޖަލުގެ ތޭރިތައް ފަޅާލައިގެންވެސް މީހަކު ޖަލުން ނެރެފިއެވެ. ބާރަށު ކުޅިން މަދިރި ހައްޕައިގެން ފާރުވެފާތިބެ ގައިކެހުން ނޫން ކަމެއް ކުރަން ނޭނގޭ މީސްމީހުން ނިކުމެ ޖަލުފަޅާ ވާހަކަ ދެއްކީމާ އައީ ހިންޏެވެ. ލަދެއް ހަޔާތެއްނެތި ރާއްޖޭގެ ޝަރުއީ ނިޒާމަށް ހަމަލާ ދިނުމުގެ ހުތުރު މާޒީއެއް އޮތް ބަޔަކު ހައިކޯޓޭ ސްޕްރީމްކޯޓޭ އެބަކިޔައެވެ.
ހޯޕުން ބުންވަރު ހޯދައިގެން ރާއްޖޭގެ ފަނޑިޔާރުންނަށް ދުއްޕާ ކުރުމަކީ ޕީޕީއެމްއަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ހައިކޯޓުގައި ޔާމީނުގެ އަޅުކުދިން ކޮޅެއް ތިބި ކަމަށް ދެކިގެން އުޅެން ހިތައްވެސް ނާރުވާށެވެ. ހިތުން ޝަހީދު ވުމަކުން ކުރާ ފައިސަލާ ބަދަލެއް ނުކުރެވޭނެއެވެ. ޓިނު ނަގާ ބަނޑުބިންމަތީ ޖައްސާ ފަނޑިޔާރުން ގޮޅިއަށް ލައިގެން އަޅުންގެ އަޅުން ހައްދައިގެން މަތިމައްޗަށް ހުކުން ބަދަލު ކުރެވުނު ޒަމާން ނިމި މުލުވަގު އޮތީ ޖަލުގައެވެ. ހޯޕަކުން ބުންވަރު ހޯދާ ދުއްޕާން ކުރަން ނިކުމެ ތިޔަތިބީ ފުއްގިރީ ބޮޑުވަގަށެވެ.
ހޯޕުން ބުންވަރު ހޯދާ ދުއްޕާން ކުރަން ނިކުތީ ފުއްގިރީ ބޮޑުވަގަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ