މާދަމާ ހެނދުނު މާލެ/ހުޅުމާލެއިން ކަރަންޓު ކެނޑިދާނެތީ ދުރާލާ އަންގައިފި

ސްޓެލްކޯ އިން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު މާލެ އާއި ހުޅުމާލޭގެ ދެ ސަރަހައްދަަކުން ކަރަންޓު ކަނޑައިގެން ހިނގައިދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޒަމާނީ ފަސޭހަތައް ހޯދައި، އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގާއިމްކޮށްފައިވާ ޑިސްޓްރިބިއުޝަން ސްކާޑާގެ އެންމެ ފަހުގެ ޓެސްޓްތައް ހެދުމަށްޓަކައި، މާދަމާ ހެނދުނު 6:00 އާއި 6:30 އާއި ދެމެދު މާލެއާއި ހުޅުމާލޭގެ ދެ ސަރަހައްދަކުން 10 މިނުޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތުން ސްޓެލްކޯ އިން ބުނީ މާލެއިން ހިދުމަތް މެދުކެނޑޭނީ މަޖީދީމަގާއި، ޗާންދަނީމަގު، ކުދީނާގޯޅި، ކުދިރަތްމާ ގޯޅި، ދިލްބަހާރު މަގާއި، ދިލްބަހާރު ގޯޅި، އަލިކިލޭގެފާނު މަގާއި، ސަހަރާމަގު، ނިޔަނދުރުގޯޅި، ރާދަފަތި ހިނގުން އަދި ބޮޑުރަސްގެފާނު މަގުގެ އިތުރުން، ހުވަފެނީގޯޅިއާއި، ދޮނަދަރާދަ ހިނގުމުން ކަމަށެވެ.
ޒަމާނީ ފަސޭހަތައް ހޯދައި، މިކުންފުނިން ދެމުންގެންދާ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގާއިމްކޮށްފައިވާ ޑިސްޓްރިބިއުޝަން ސްކާޑާގެ އެންމެ ފަހުގެ ޓެސްޓްތައް ހެދުމަށްޓަކައި، 10 ފެބްރުއަރީ 2023 ވާ ހުކުރުދުވަހު (މާދަމާ) pic.twitter.com/YwnRl6eHoy
— STELCO (@STELCOMALDIVES) February 9, 2023
ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ، ފިލިގަސްމަގާއި، ނިރޮޅުމަގާއި ކަނީރުމަގާއި ރީތިގަސް ހިނގުމުގެ އިތުރުން ކެލާ މަގާއި ކާނިމަގާއި ނިރޮޅުމަގު ގޯޅި 19 އަދި 20، ޗަނބޭލީމަގު ގޯޅި 4،5،6،7 އަދި 9 ގެ އިތުރުން ބުރެވިގަސްމަގާއި ހަލަވެލި މަގުން ކަމަށެވެ.
ސްޓެލްކޯ އިން އަންނަނީ އެކުންފުނިން ދެމުން ގެންދާ ހިދުމަތްތައް ޒަމާނީ ފެންވަރަކަށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ