އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިކަމުގެ ތުހުމަތުވާ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އޮއްވައި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފި އެވެ.
“ދިޔަވަރު އޮންލައިން” އަށް ކަށަވަރުވެފައިވާ ގޮތުގައި އަބްދުﷲ އައްޔަންކޮށްފައިވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.
ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރި އަބްދުﷲ ދީދީގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލައެއް ޕީޖީ އޮފީހުން ދަނީ ބަލަމުންނެވެ.
އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ، ޖޭއެސްސީއިން އޭނާގެ މައްސަލަ ބަލާ މަޖިލީހަށް ފޮނުވުމުން އޮގަސްޓު 28، 2019 ގަ އެވެ. އެ ދުވަހު އޭނާ ވަކިކުރަން މަޖިލީހުގެ 72 މެންބަރަކު ވޯޓު ދެއްވި އެވެ.
ޖޭއެސްސީއިން އަބްދުﷲ ގެ މައްޗަށް ކުރި ތަހުގީގު އެއިރު ކުރިއަށް ގެންދިޔައީ އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގަ އެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ 2014 އިން ފެށިގެން ސިޔާސީ އެކި ފަރާތްތަކަށް ކުރަމުން އައި ހުކުމްތައް ވަކި ކޮޅަކަށް ނިންމަން އޭނާއަށް ރިޝްވަތުގެ ނެގި ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން ޖާއިޒު ސަބަބެއް އޮތް ކަމަށް ނުބެލެވޭ ހާލަތްތަކުގައި އެކި އަދަދުތަކުން ފައިސާ ހަވާލުވި ކަމަށް ކުރެވުނު ތުހުމަތުތަކެވެ.
އެ ތުހުމަތުތަކަށް ހެކިދޭ ފުލުހުންގެ ރިޕޯޓުތަކެއް ވެސް އޭނާގެ މައްސަލަ ބަލަން އުފެއްދި ހާއްސަ ކޮމިޓީން ތަހުގީގުކުރި އެވެ. ތުހުމަތުތަކާ ގުޅިގެން އަބްދުﷲ އެ ކޮމިޓީއަށް ޖަވާބެއް ހުށަހެޅި ނަމަވެސް އެ ޖަވާބުގައިވާ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު މަންފާތަކެއް ހޯދާފައިވާކަމުގެ ތުހުމަތާއެކު ބެލި ސުލޫކީ މައްސަލަ ސާބިތުވެ އަބްދުﷲ ދީދީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީގެ ކޮމިޓީން ނިންމީ މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލިސް އިންތިޚާބު ނިމުމާއެކު, އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ކަމުގައިވާ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަަމަށް އައްޔަން ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ