އާދިއްތަ ދުވަހުން ފެށިގެން، ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ

އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށްއޮތް ފަސް ދުވަހަށް ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ، ރާއްޖޭގެ ބޮޑޮބަޔަކަށް ގުގުރުމާއެކު، ވިއްސާރަކުރާނެ ކަމަށް  މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
އަދިބބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
”އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯއްދަވައިގެން ދަތުރުކުރުމަށް ދަންނަވަމެވެ.“ މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެންޑީއެމްއޭއިން ވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެދާނެ ކަމަށް ބަލައި ތައްޔާރުވެ ގޭގެ ދޮރުމަތީ ވެލިބަސްތާ ޖެހުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ