އުކުނުން ތަގައްޔަރުވެފައިހުރުމުން ބެޓީ ކްރޮކާ ކޭކުގެ ގިނަ ބާވަތްތައް ވިއްކުން މަނާކޮށްފި

"ބެޓީ ކްރޮކާ ސުޕާ މޮއިސްޓް ކޭކް މިކްސް" ބްރޭންޑްގެ ގެ ޗްކްލެޓް ފަޖް ޕެކެޓު އުކުން ތަގައްޔަރުވެފައިހުރުމުން އެ ބާވަތް ބޭނުންކުރުމާއި ވިއްކުން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެފްޑީއޭ) މަނާކޮށްފި އެވެ.
އެފްޑީއޭއިން ބުނީ މި ބާވަތުގެ ޕެކެޓުގައި އުކުނު ހުރިކަމަށް ބުނެ އާންމު ފަރާތްތަކުން ހުށަހެޅި ޝަކުވާއާ ގުޅިގެން އެކަން ބަލާ ފާސްކޮށް މި އުފެއްދުމުގެ ސާމްޕަލްތަކެއް މާލޭގެ ބާޒާރުން ނަގާ ތަހުލީލިކޮށްފައިވާ ކަމަށެވެ.
???????? be cautious when buying Betty Crocker cake mix pic.twitter.com/iACPcXYBQ8
— MFDA (@MFDA_mv) February 13, 2024
އެ އިދާރާއިން ބުނީ އެކަމުގެ ތަހުލީލަށްފަހު އެނގުނީ އޭގައި "ލަމްޕްސް" ނުވަތަ ގަނޑުލާފައިހުރުމުގެ އިތުރުން ބައެއް ސާމްޕަލްތަކުގައި އުކުނު ފަދަ ދިރޭ ސޫފިތަކުން ތަގައްޔަރުވެފައިހުރިކަމަށެވެ. އެހެންކަމުން މިތަކެއްޗަކީ ކެއުމަށް ރައްކާތެރި އެއްޗެހި ނޫންކަމަށް އެފްޑީއޭއިން ބުނެ އެވެ.
އެފްޑީއޭއިން ބުނީ ރައްކާތެރި ފިޔަވަޅު އެޅުމަށާއި  އިތުރު މައުލޫމާތު ހޯދުމަށް  އެ އޮތޯރިޓީގެ ނަންބަރު 3014361 ނުވަތަ 7603204 އަށް ގުޅުމަށް އިލްތިމާޒްކުރާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ