އަބަދުވެސް އެދެނީ ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް ހެޔޮގޮތްވާން: ޝިޔާމް

އަބަދުވެސް އެދެނީ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ އާއިލާއަށް ހެޔޮގޮތްވާން ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފީ މައްސަލައިގެ ހުކުމްކުރުމުގެ އަޑުއެހުން މިއަދަށް ތާވަލުކުރުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ އަބަދުވެސް އެދެނީ ޔާމީނަށާ އެމަނިކުފާނުގެ އާއިލާއަށް ހެޔޮގޮތްވާން ކަމަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ޔާމީންގެ މައްސަލާގައި ޙުކުމްކުރުމަށް މިއަދު ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި އެމަނިކުފާނަށް ކާމިޔާބު މިންވަރުކުރެއްވުމަށް އެދޭ ކަމަށެވެ.
ވ.އާރަށް ކުއްޔަށް ދިނުމާ ގުޅިގެން ދައުލަތުން އުފުލި މަނީ ލޯންޑަރިންއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވައި އެ މައްސަލައިގެ ހުރިހާ އަޑުއެހުމެއް މިހާރުވަނީ ނިންމާލާފައެވެ. އަޑުއެހުންތައް ނިންމާފައިވަނީ ފާއިތުވި އަހަރުގެ ޑިސެންބަރުގައެވެ.
ހައިކޯޓުން ބުނި ގޮތުގައި ޔާމީނުގެ އިސްތިއުނާފީ މައްސަލައިގެ ހުކުމްކުރުން ތާވަލުކޮށްފައިވަނީ މާދަމާގެ މެންދުރު ވަގުތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ