ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން އީރާނަށް ކަނޑައަޅާފައި ހުންނަވާ ސްޕެޝަލް ރެޕަޓުއަރ އޮން ހިއުމަން ރައިޓްސްގެ މަޤާމުގައި ޑރ. ޝަހީދު އިތުރު ހަ އަހަރު ދުވަހު ހުންނެވުމަށް ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން ފާސްކޮށްފިއެވެ.
އެގޮތަށް ފާސްވީ ސުވިޒަރލޭންޑްގެ ޖެނީވާގައި އޮތް ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ 31 ވަނަ ސެޝަންގައި ނެގި ވޯޓުންނެވެ. އެވޯޓްގައި ރާއްޖޭން ވަކި ކޮޅަކަށް ވޯޓެއް ނުދެ އެވެ. ޝަހީދާ އެއްކޮޅަށް ވޯޓްދިން ޤައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި ގަތަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނެއެވެ.
އޭނާ އެ މަޤާމުގައި ހުންނަން ނުފެންނަ ކަމަށް ވޯޓުދީފައިވާ ޤައުމުތަކުގެ ތެރޭގައި އަލްޖީރިއާ، ބަންގްލަދޭޝް، ބޮލީވިއާ، ބުރުންޑީ، ޗައިނާ، ކިއުބާ، އިކުއެޑޯރް، އިންޑިއާ، އިންޑޮނީސިއާ، ކެންޔާ، ކިރުގިސްތާން، ޕާކިސްތާން، ރަޝިޔާ އަދި ދެކުނު އެފްރިކާ ހިމެނެއެވެ.
ރ. ޝަހީދު އެ މަޤާމުގައި ހުންނަވަނީ 2011 ވަނަ އަހަރުން ފެށިގެން ނެވެ.
ސްޕެޝަލް ރެޕަޓުއަރގެ މަޤާމުގައި އިތުރު 6 އަހަރު ޑރ. ޝަހީދު ހުންނެވުމަށް ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ