ދިވެހިރާއްޖޭގެ އެންމެ މަޝްހޫރް އޮންލައިން ނޫސް ކަމުގައިވާ 'ހަވީރު އޮންލައިން' ގައި ޓޫރިޒަމް މިނިސްޓަރ އަހްމަދް އަދީބު އާއި ބެހޭގޮތުން މިއަދު ހެނދުނު ޝާއިއުކުރި ރިޕޯޓެއް ވަރަށް ކުއްލި ގޮތަކަށް ނަގައިފިއެވެ.
އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 'ހަވީރު އޮންލައިން' ގައި ޝާއިއު ކުރި ރިޕޯޓް ހަވީރުން ނަގާފައިވަނީ އެ ރިޕޯޓް ލިޔުއްވި އަހުމަދު ހަމްދޫން އަށް އިންޒާރުތަކެއް ލިބުމާއި ގުޅިގެންނެވެ.
"މިހާރު ގާނޫނުއަސާސީ އޮތް ގޮތުން ރާއްޖޭގެ އެންމެ މަތީ ދެ މަގާމަށް ވަޑައިގަނެވޭނީ އެންމެ ހަގުވެގެން ވެސް އުމުރުން 35 އަހަރު ވުމުންނެވެ. އަދީބުގެ އުމުރުން އަދި 35 އަހަރެއް ނުވެ އެވެ. މި އިސްލާހު ގެނައުމުގެ މައިގަނޑު ބޭނުމަކީ ނައިބު ރައީސްކަމުން ޖަމީލް ވަކިކޮށް، އަދީބު އެ މަގާމަށް އައްޔަން ކުރުން ކަން "ހަވީރަ"ށް ވަނީ ކަށަވަރުވެފަ އެވެ. " މިއަދު ހެނދުނު 'ހަވީރު އޮންލައިން' ގައި ޝާއިއުކުރި ރިޕޯޓްގައި ވެއެވެ.
ހަވީރު އޮންލައިންގައި ޝާއިއުކުރި ރިޕޯޓް ކުއްލިގޮތަކަށް ނެގުމާއި ގުޅިގެން ގިނަ ބަޔަކު ގެންދަނީ "ނައިބު ރައީސް ކަމުން ޖަމީލް ވަކިކުރަނީ ކީއްވެ؟" މި ސުރުޚީގެ ދަށުން ލިޔެފައިވާ ރިޕޯޓްގެ ސްކްރީން ޝޮޓްތަކެއް އާންމު ކުރުމަށް ފަހު ސަރުކާރުން މީޑިޔާތަކަށް އިންޒާރު ދެމުންގެންދާ ކަމަށް ތުހުމަތުކޮށްފައެވެ.
"ނައިބު ރައީސް ކަމުން ޖަމީލް ވަކިކުރަނީ ކީއްވެ؟" މި ސުރުޚީގެ ދަށުން ލިޔެފައިވާ ރިޕޯޓް 'ހަވީރު އޮންލައިން' އިން ނެގި ނަމަވެސް އެ ރިޕޯޓްގެ ލިންކެއް 'އައްޑޫލައިވް' އަށް ވަނީ ލިބިފައެވެ.
"ނައިބު ރައީސް ކަމުން ޖަމީލް ވަކިކުރަނީ ކީއްވެ؟" ރިޕޯޓްގެ ލިންކް.
"ނައިބު ރައީސް ކަމުން ޖަމީލް ވަކިކުރަނީ ކީއްވެ؟" މި ސުރުޚީގެ ދަށުން ލިޔެފައިވާ ރިޕޯޓްގެ ޕީޑީއެފް ފައިލް
އަދީބު އާއި ގުޅޭގޮތުން "ހަވީރު" ނޫހުގައި ޝާއިއުކުރި ރިޕޯޓެއް ކުއްލިގޮތަކަށް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ