އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އައްޔަންކުރައްވައިފި އެވެ.
ފާރިސް މައުމޫން މި މަގާމަށް އައްޔަންކުރައްވާފައިވަނީ އިއްޔެ ވަގުތެއްގައި އެވެ.
ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް މި މަގާމަށް އައްޔަން ކުރައްވާފައިވާކަން އެ މިނިސްޓްރީގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ރައީސް އޮފީހުން މިކަމާއި ބެހޭ ގޮތުން އަދި އެއްޗެއް ނުބުނެ އެވެ.
އިއްޔެ ރައީސް ޔާމީން ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ކަމުގެ މަޤާމަށް މާފަންނު އެމޭޒަން ޑޮކްޓަރ ޢަބްދުﷲ ނަޒީރު ޢައްޔަން ކުރައްވާފައެވެ. ނަޒީރު މިހާތަނަށް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް ސެކްރެޓަރީގެ މަޤާމުގައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ފާރިސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ