ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން ނޮއިނޮއި އަކުއިނޯ ބޮޑު ކާމިޔާބީއެއް ހޯއްދަވައިފި
14:30ފިލިޕީންސްގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން ބެނައިނޯ ނޮއިނޮއި އަކުއިނޯ ބޮޑު ކާމިޔާބީއެއް ހޯއްދަވައިފި އެވެ.ފިލިޕީންސްގެ އިލެކްޝަންސް އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި ވޯޓުތަކުގެ 85 ޕަސެންޓް ވަނީ ގުނާ ނިމިފަ އެވެ. އަދި ގުނާ ނިމިފައިވާ ވޯޓުތަކުގެ ތެރޭން 40 ޕަސެންޓް ވޯޓު އަކުއިނޯ ކާމިޔާބު ކުރައްވާފައިވާއިރު އޭނާ އާ އެންމެ ގާތުން ވާދަކުރައްވާ އެގައުމުގެ ކުރީގެ ރައީސް ޖޯސެފް އެސްޓްރާޑާ އަށް ލިބިވަޑައިގެންފައިވަނީ 25 ޕަސެންޓް ވޯޓެވެ. އަދި ތިންވަނާގައިވާ މެނުއަލް ވިލާ އަށް ލިބިވަޑައިގެންފައިވަނީ 14 ޕަސެންޓް ވޯޓެވެ.މިހާތަނަށް ރަސްމީ ނަތީޖާތައް އިއުލާން ކުރެވިފައި ނުވީނަމަވެސް އިދިކޮޅު ކެންޑިޑޭޓް މެނުއެލް ވިލާ ވަނީ އަކުއިނޯ އަށް ކާމިޔާބު ލިބިއްޖެ ކަމަށް ނިންމަވައި އޭނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.ބެނައިނޯ ނޮއިނޮއި އަކުއިނޯ އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ފިލިޕީންސްގެ ޑިމޮކްރެސީގެ އެންމެ ބޮޑު ދެ ޝަޚުސިއްޔަތުންގެ ދަރިކަލުންގެ ގޮތުގަ އެވެ. އޭނާ އަކީ އަވަހާރަކޮށްލާފައިވާ އެގައުމުގެ ކުރީގެ އިދިކޮޅު ލީޑަރު ބެނައިނޯ ނީނޮއި އަކުއިނޯ އާއި އެގައުމުގެ އެންމެ ފުރަތަމަ އަންހެން ރައީސާ އަދި ޑިމޮކްރެޓިކް އުސޫލުތަކުގެ ދަށުން ހޮވުނު އޭޝިއާގެ ފުރަތަމަ އަންހެން ލީޑަރު ކޮރޭޒަން އަކުއިނޯގެ ދަރިކަލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ