2018 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބައްޔެއް ނުކުރެވޭނެ: ރީކޯ

2018 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ
ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
ރީކޯ ވިދާޅުވީ އަންނަ އަހަރު މިނިވަން އިންތިހާބެއް އޮންނާނެ ކަމަށާއި ރާއްޖޭގެ އިންތިހާބާ ދޭތެރޭ އެއްވެސް މީހަކު ޝައްކުކުރާނެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ.
ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނީ ބޮޑު އައުލައްބިއްޔަތަކުން ކަމަށާއި ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރާނެކަން ޔަގީން ކުރެވެނީ ރާއްޖޭގެ ރަށްރަށުގައި ހިނގަމުންދާ ތަރައްގީގެއް މަޝްރޫއުތަކުގެ ސަބަބުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ