ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު އދ.ގެ ދީނީ އަދި ފިކުރީ މިނިވަންކަމާއި ބެހޭ މަންދޫބު ޑރ.އަހްމަދު ޝަހީދު އަނެއްކާވެސް އިސްލާމްދީނަށް ގޮންޖަހައިފިއެވެ.
އދ.ގެ މަންދޫބެއްގެ ގޮތުގައި ހުންނެވި ނަމަވެސް މިހާރު އިދިކޮޅު ފަރާތްތަކުން ހިންގާ އެކި ހަރަކާތްތަކަށް ބައިނަލްއަޤުވާމީ ސަމާލުކަން ހޯދައިދިނުމާއި އިދިކޮޅު ފަރާތްތަކުގެ ޝަކުވާތައް ކަމާބެހޭ ބައިނަލްއަޤުވާމީ އިދާރާތަކަށް ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ ޝަހީދު މިފަހަރު އިސްލާމްދީނަށް ގޮންޖަހާފައި ވަނީ މަރުގެ ޙުކުމާއި ދެކޮޅު ހަދައިގެންނެވެ.
އެމެރިކާގައި ވެސް އިންޖެކްޝަން ޖަހައިގެން މީހުން މަރާ ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ޝަހީދު ވިދާޅުވީ ކޮންމެ މީހަކު ކުރިޔަސް މަރުގެ ޙުކުމް ތަންފީޒު ކުރުން އެއީ ގޯސް ކަމެއް ކަމަށެވެ.
ޑރ.ޝަހީދު ކަނޑައެޅިގެން މަރުގެ ޙުކުމާއި ދެކޮޅު ހަދާފައި ވާއިރު އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އެއްވެސް ޙުކުމަކާއި ދެކޮޅު ހެދުމަކީ ދީނުން ބޭރުވާނެ ކަމެއް ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.
މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ގޯހެއް ކަމަށް ޑރ.ޝަހީދު ވިދާޅުވިއިރު އެއްޖިންސުން ކައިވެނި ކުރުމަށް ތާއިދުކޮށް އޭނާ ޓްވީޓް ކުރެއްވީ މީގެ ދެހަފްތާ ކުރިންނެވެ. ޑރ.ޝަހީދު ތަކުރާރުކޮށް އިސްލާމްދީނާއި ދެކޮޅު ވާހަކަތައް ދައްކަވަމުން ދާއިރު އަދާލަތު ޕާޓީ ވެސް ބައިވެރިވާ އިދިކޮޅު އިއްތިހާދުން ޑރ.ޝަހީދުގެ "އެހީ" ހޯދާތީ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އަދި އަދާލަތު ޕާޓީ އިން ވެސް ޑރ.ޝަހީދުގެ އަމަލުތައް ކުށްވެރި ނުކުރާތީ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
މަރުގެ ޙުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް ޑރ.ޝަހީދު ވާހަކަ ދައްކަވާފައި ވާއިރު ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރަން ފަށަން ތައްޔާރުވާތީ ބައިނަލްއަޤުވާމީ ޕްރެޝަރު ރާއްޖެ އަށް ދަނީ ބޮޑުވަމުންނެވެ.
ޑރ.ޝަހީދު އަނެއްކާވެސް އިސްލާމްދީނަށް ގޮންޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ