ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގުޅިފައިވާ އިދިކޮޅު ޕާޓީ ތަކުގެ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް އަމަލީގޮތުން ބައިވެރިވެވަޑައިގެންފި އެވެ.
ގުޅިފައިވާ ޕާޓީ ތަކުގެ ޖަލްސާގައި ބައިވެރިވުމަށްޓަކައި ރައީސް މައުމޫން މިރޭ ކުނޫޒަށް ވަޑައިގަތުމުން ޕާޓީ ތަކުގެ ލީޑަރުންނާއި، ޕާޓީ ތަކުގެ މަަޖިލިސް މެންބަރުންނާއި، ޕާޓީ ތަކުގެ ކައުންސިލްތަކުގެ މެންބަރުންނާއި އާންމު މެންބަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށްޓަކައި ކުނޫޒުގައި އިސްކޮށް ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ.
ރައީސް މައުމޫންއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގުޅިފައިވާ އެއްބަސްވުމެއްގައި ސޮއިކުރެއްވީ މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ. އެދުވަހަށްފަހު ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ ހަރަކާތްތައް ވަރުގަދަވެ ސަރުކާރަށް ބޮޑެތި ފިއްތުއްތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ރައީސް މައުމޫން ގުޅިފައިވާ އެއްބަސްވުމުގައި ސޮއިކުރެއްވިއިރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި އާއިލީ ދަތުރުފުޅެއްގައި ކަމުން ގުޅިފައިވާ ޕާޓީ ތަކުން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ރައީސް މައުމޫންގެ ބަޔާނެއް އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ޖަލްސާއަށް އިއްވާފަ އެވެ.
ރައީސް މައުމޫން ގުޅިފައިވާ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމުން ގުޅިފައިވާ ޕާޓީ ތަކުގެ ލީޑަރުންނާއި މަޖިލިސް މެންބަރުންނާއި އާންމު މެންބަރުން މީގެ ކުރިން ވަނީ އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ގުޅިފައިވާ ޕާޓީ ތަކުގެ ޖަލްސާއަށް މައުމޫން ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ