ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ އެޑްވައިޒަރު އަހްމަދު ތައުފީގު (ޓޯޕީ) ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.
އަހްމަދު ތައުފީގު ޖޭޕީއަށް މިއަދު ސޮއިކުރެއްވުމަށްފަހު ޖޭޕީގެ ލީޑަރު އަހްމަދު ގާސިމް އިބްރާހިމާ މިއަދު ވަނީ މެންބަރުކަމުގެ ފޯމް ވެސް ހަވާލުކުރައްވާފަ އެވެ.
ސަރުކާރުގެ މުހިއްމު މަގާމުތަކެއް މީގެ ކުރިން އަހްމަދު ތައުފީގު އަދާކުރައްވާފައިވާއިރު އޭގެ ތެރޭގައި ސްޓޭޓް މިނިސްޓަރުކަމާއި ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު ކަމުގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާން ކަން ވެސް ކުރައްވާފަ އެވެ.
އަހްމަދު ތައުފީގު މީގެ ކުރިން ވަނީ ރައީސް ވަހީދު ލީޑަރު ކަން ކުރެއްވި ގައުމީ އިއްތިހާދު ޕާޓީގެ ސެކްރެޓަރީ ޖެނަރަލްކަމާއި، އެޕާޓީގެ ތަރުޖަމާން ކަން ވެސް ކުރައްވާފަ އެވެ.
އަހްމަދު ތައުފީގު އެންމެ ފަހުން ހުންނެވީ ވެރިކަން ކުރާ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގަ އެވެ.
އަހުމަދު ތައުފީޤް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ