ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބް ރައީސް ކަމަށް އެކޮމިޝަންގެ މެންބަރު ޝަހީދު މުހައްމަދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ސީއެސްސީގެ ނައިބް ރައީސް ކަމަށް ޝަހީދު އައްޔަންކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ޝަހީދު އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 26 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފަ އެވެ. މިވޯޓުގައި ގުޅިފައިވާ ޕާޓީ ތަކަށް ނިސްބަތްވާ އެއްވެސް މެންބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އަދި ވޯޓަށް އެހި ވަގުތުވެސް ގުޅިފައިވާ ޕާޓީ ތަކުގެ މެންބަރުން ގެންދެވީ އިހްތިޖާޖު ކުރައްވަމުންނެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ޝަހީދު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދިނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އިއްތިފާގުންނެވެ.
ސީއެސްސީގެ މެންބަރު ކަމަށް ޝަހީދު އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.
ސީއެސްސީގެ ނައިބް ރައީސް ކަމަށް އައްޔަންކުރަން ރައްޔިތުން މަޖިލީހުން ރުހުން ދީފައިވާ ޝަހީދަކީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަން ޔަޒީދު މުހައްމަދުގެ ކޮއްކޮ އެކެވެ.
ސީއެސްސީގެ ނައިބް ރައީސް ކަމަށް ޝަހީދު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ