މެމްބަރު ނާޒިމް ފުލުހަށް ހާޒިރު ކުރަނީ

ވަކައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް އަންގައިފިއެވެ.
ނާޒިން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވާފައި ވާއިރު މެމްބަރު ހާޒިރު ކުރަނީ ބުރާސްފަތި ދުވަހުގެ މެންދުރު 2:30 އަށެވެ.
އެނގިފައިވާ ގޮތުގައި ނާޒިމް ފުލުސް އޮފީހަށް ހާޒިރުކުރަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމާއި ފުލުހެއްގެ ގައިގައި ދަތްއެޅި ކަމަށް ބުނެއެވެ.
ނާޒިމް ފުލުސް އޮފީހަށް ހާޒިރު ކުރާއިރު އިދިކޮޅު 12 މެމްބަރެއްގެ މައްސަލަ ފުލުހުންބަލާ ދައުވާ ކުރަން ފޮނުވުމުން އެ މެމްބަރުންގެ މައްސަލަ މިހާރުދަނީ ބާރަށް ކޯޓްގައި ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ