ހާލުކޮޅު ސީރިއަސްވެ އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި އޮންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖެއިން ބޭރަށް ފުރުވާލުން ލަސްވަމުންދަނީ ރައީސް އަބްދުﷲ ޔާމީންގެ އޯޑަރަށް ކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިްރާހީމް ވިދާޅުވެއްޖެއެވެ.
އިއްޔެ ކުރެއްވި ޓްވީޓެއްގައި އަމީން ވިދާޅުވީ މިހާތަނަށް ވެސް ގާސިމް ބޭރަށް ފުރުން ލަސްވެފައިވަނީ ރައީސް ޔާމީންގެ އޯޑަރަށް ކަމަށެވެ. އެހެންކަމުން އެކަން އިތުރަށް ލަސްވުމަށް ވެސް އެހެން ސަބަބެއް ނޯންނާނެ ކަމަށެވެ. Hon. @qasimibrahim ah mihaathanavves beyrah nufuri vanee RYge orderah sarukaarun hifahattaigen. Dhenves ithurah lasvaakah ehen sababeh neiy.— Ameen Ibrahim (@ameenmaldives) August 29, 2017
ގާސިމް ރާއްޖެއިން ބޭރަށް ފުރުން ލަސް ކުރުވަމުންދަނީ ރައީސް ޔާމީންގެ އޯޑަރަށް ކަމަށް އަމީން ވިދާޅުވި އިރު ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވަނީ ގާސިމް ބޭރަށް ފޮނުވުމުގައި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ގާސިމް ބޭރަށް ވަޑައިގެންނެވުމުގެ އިންތިޒާމުތައް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ސަރުކާރުން ބުނެފައިވާ އިރު ގާސިމް ބޭރުން ހޯދަންޖެހޭ ފަރުވާގެ ކަންތައްތައް އިންތިޒާމު ކުރުމަށް ކޯޓުން ކޮށްފައިވާ އަމުރު މިހާރު ސަރުކާރުން ވަނީ އިސްތިއުނާފު ކޮށްފައެވެ.
ޖަލަށްލާން ހުކުމް ކުރި ނަމަވެސް ބަލި ހާލަތު ހުރި ގޮތުން ގޭ ބަންދަށް ބަދަލު ކުރަން ނިންމާފައިވާ ކަން ރޭ ވަނީ ގާސިމަށް އަންގާފައެވެ.
ގާސިމް ބޭރަށް ފުރިޔަ ނުދީ ލަސް ކުރުވަނީ ރައީސް ޔާމީންގެ އަމުރަށް: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ